logo

އިސްރާއީލަށް ޖާސޫސްކޮށްދިން މީހަކު އީރާނުން މަރާލައިފި

profile

މުޙައްމަދު ފަޟްލޫން - 26 މޭ 2026 - 13:58

އިސްރާއީލަށް ޖާސޫސުކޮށްދިން ކަމުގެ ކުށް ސާބިތުވި މީހަކަށް އިއްވާފައިވާ މަރުގެ ހުކުމް އީރާނުން ތަންފީޒުކޮށްފިއެވެ.

https://wamco.com.mv/

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި، ގުލަމްރޭޒާ ޚާނީ ޝެކަރާބްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް އީރާނުގެ ސުޕްރީމް ކޯޓުން ދެމެހެއްޓުމާ ގުޅިގެން، އޭނާ ވަނީ ދަންޖައްސައި މަރާލާފައެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ގައުމީ ސިއްރު މައުލޫމާތުތައް ނަހަމަ ގޮތުގައި އެއްކުރުމާއި، ހުއްދަ ނެތި އެފަދަ މައުލޫމާތުތައް ދުޝްމަނުންނަށް ފޯރުކޮށްދީ ޖާސޫސީ އަމަލުތައް ހިންގި ކަމުގެ ކުށެވެ.

ނިމިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން، އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ޖާސޫސީ ހަރަކާތްތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އީރާނުން ވަނީ ގިނަ ބަޔަކަށް މަރުގެ އަދަބު ދީފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ ތާރީޚުން ފެށިގެން މިހާތަނަށް ޖުމްލަ 21 މީހެއްގެ މަރުގެ ހުކުމް ތަންފީޒުކޮށްފައިވާއިރު، އޭގެ ތެރޭގައި އީރާނުގެ ރައްޔިތުންވެސް ހިމެނެއެވެ.

އީރާނުން މިފަދަ ކުށްތަކަށް މަރުގެ އަދަބު ދެމުންދާތީ، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އަންނަނީ އެ ގައުމަށް ފާޑުކިޔަމުންނެވެ. އެ ޖަމާއަތްތަކުން ފާހަގަކުރާ ގޮތުގައި، ޗައިނާއަށްފަހު ދުނިޔޭގައި އެންމެ ގިނައިން މަރުގެ ހުކުމް ތަންފީޒުކުރާ ގައުމަކީ އީރާނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk