logo

މާލެ ސަރަހައްދުން މިމަހުގެ މިހާތަނަށް ހިމަބިހީގެ 6 ކޭސް ފެނިއްޖެ

profile

އާމިނަތު ޝަޒްލާ - 26 މޭ 2026 - 13:58

މާލެ ސަރަހައްދުން މިމަހުގެ ތެރޭގައި 6 މީހުން ހިމަބިހަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

https://wamco.com.mv/

އެޗްޕީއޭއިން ބުނީ މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމްލަ 9 ކޭސް ރިޕޯޓް ކޮށްފައިވާއިރު، މިމަހުގެ ތެރޭގައި މާލޭ ސަރަޙައްދުން 6 މީހުން ޕޮޒިޓިވްވެގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މީގެތެރެއިން 5 ކޭހެއް އިންވެސްޓިގޭޓް ކުރަމުންދާ ކަމަށާއި، މިކޭސްތަކާއި ގުޅުންހުރި 128 ކޮންޓެކްޓުން ދެނެގަނެވިފައިވާ ކަމަށެވެ.

ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ. އެގޮތުން ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިޔުމަށް ވެސް ވަނީ އެދިފައެވެ. މީގެ އިތުރުން ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ، ހުން އައުމާއެކު ހަމުގައި ރަތްބިހިތަކެއް ނެގުމެވެ. މީގެއިތުރުން ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ އަލާމާތްތައް ފެނިއްޖެނަމަ މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ ޚިދުމަތްތެރިއެއްގެ ލަފާ ހޯއްދެވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ހިމަބިހިން ރައްކާތެރިވުމަށް 1983 ވަނަ އަހަރުން ފެށިގެން ޤައުމީ ވެކްސިން ތާވަލުގައި ހިމަނައިގެންވަނީ، ވެކްސިންދޭން ފަށާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk