
މިހާތަނަށް 9 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

މުޙައްމަދު ފަޟްލޫން - 26 މޭ 2026 - 13:56
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 9 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 907,913 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.5 އިންސައްތައިގެ ދަށްވުމެކެވެ. މި ހިނގާ މަހުގެ މިހާތަނަށް އެކަނިވެސް 106,477 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓުތަކަށް ބަލާއިރު، އެއްވަނައިގައި އޮތީ ޗައިނާއެވެ.
އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ތިން ގައުމު:
ޗައިނާ: 139,584 ފަތުރުވެރިން
ރަޝިއާ: 120,019 ފަތުރުވެރިން
އިނގިރޭސިވިލާތް: 78,405 ފަތުރުވެރިން
މީގެ އިތުރުން، ވިޔަފާރީގެ ބޭނުންތަކަށް ރާއްޖެއަށް 6,259 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ކްރޫޒް ލައިނާގެ ޒަރީއާއިން 13,808 ފަސިންޖަރުން ވަނީ ރާއްޖެ އައިސްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭން ހިމަބިހީގެ އިތުރު ދެ މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު ނުވައަކަށް!
ގަޑިއިރެއް ކުރިން

މާލެ ސަރަހައްދުން މިމަހުގެ މިހާތަނަށް ހިމަބިހީގެ 6 ކޭސް ފެނިއްޖެ
3 ގަޑިއިރު ކުރިން

އީދު ނަމާދު ގަޑީގައި ބަސް ދަތުރު ޝެޑިއުލްއަށް ބަދަލުތަކެއް ގެނެސްފި
3 ގަޑިއިރު ކުރިން

އިސްރާއީލަށް ޖާސޫސްކޮށްދިން މީހަކު އީރާނުން މަރާލައިފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)