
އައިޔޫއެމްގެ 2 ވަނަ ސެމިސްޓަރ ގެ ކޯސްތަކަށް ހުޅުވާލައިފި

މުޙައްމަދު ފަޟްލޫން - 29 މޭ 2026 - 11:46
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމް ގެ މިއަހަރުގެ ދެވަނަ ސެމެސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޔުނިވަރސިޓީން މިއަދު ހުޅުވާލައިފިއެވެ.
އައިޔޫއެމް އިން މި ފަހަރު ތަފާތު އެކި ދާއިރާތަކުން ޖުމްލަ 67 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ކޯސްތައް ހުޅުވާލާފައިވާ މައިގަނޑު ދާއިރާތައް:
ކީރިތި ޤުރުއާނާއި ޙަދީޘްގެ ޢިލްމު
ޝަރީޢާއާއި ގާނޫނު
ފިގުހު
އިސްލާމީ ތަޢުލީމް (އިސްލާމިކް ސްޓަޑީސް)
އިމާމްޝިޕް
ބަހުގެ ތަޢުލީމާއި އުނގަންނައިދިނުން
މާލީ ދާއިރާ (ފައިނޭންސް) އަދި އެކައުންޓިންގ
ލީޑަރޝިޕް، އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓް
ނޫސްވެރިކަން (ޖާނަލިޒަމް)
މި ފުރުސަތާ ގުޅޭގޮތުން އައި.ޔޫ.އެމްގެ ކުއްލިއްޔާ އޮފް އެޑިއުކޭޝަންގެ ޑީން ޑރ. ޢާއިޝަތު ޝީނާ ވިދާޅުވީ، މިއީ މަތީ ތަޢުލީމަށް އުންމީދުކުރާ ދަރިވަރުންނަށް، ހާއްސަކޮށް އޭ-ލެވެލް ނިންމާފައިވާ ކުދިންނަށް ލިބިގެންދާ ވަރަށް ފަހި ފުރުސަތެއް ކަމަށެވެ. މީގެ އިތުރުން، އަމިއްލަ ރަށުގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިވެފައިވުމީ ދަރިވަރުންނަށް ލިބޭނެ ބޮޑު ލުޔެއްކަން ޑރ. ޝީނާ ފާހަގަކުރެއްވިއެވެ.
އައި.ޔޫ.އެމްގެ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ކެމްޕަސްތައް:
ރ. އުނގޫފާރު ކެމްޕަސް
ޅ. ނައިފަރު ކެމްޕަސް
ލ. ފޮނަދޫ ކެމްޕަސް
ގދ. ތިނަދޫ ސިޓީ ކެމްޕަސް
ފުވައްމުލައް ސިޓީ ކެމްޕަސް
އައްޑޫ ސިޓީ މީދޫ އަދި މަރަދޫފޭދޫ ކެމްޕަސް
ކިޔަވައިދިނުމުގެ ނިޒާމަށް އަލިއަޅުވާލައްވަމުން ޑީން ވިދާޅުވީ، ކެމްޕަސްތަކަށް ހާޒިރުވެގެންނާއި ވާޗުއަލްކޮށް ކުރިއަށްގެންދާ ކްލާސްތަކުގެ އިތުރުން، އޮންލައިންކޮށްވެސް ބައެއް ކޯސްތަކުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
މި ފަހަރު ހުޅުވާލި ކޯސްތަކުގެ ތެރޭގައި ޕީއެޗްޑީ ފެންވަރުގެ ކޯހަކާއި، މާސްޓާސް ލެވެލްގެ 15 ކޯހެއް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މިމަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ
22 މިނިޓު ކުރިން
.webp&w=3840&q=75)
މިއަހަރު ސަބްސިޑީއާއި އެހީގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވޭ
ގަޑިއިރެއް ކުރިން

ޣައްޒާގެ %70 އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިޔުމަށް ނަތަންޔާހޫ އަމުރުކޮށްފި
3 ގަޑިއިރު ކުރިން

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ދާއިމީ ވޯޓާރސް ލިސްޓް ނެރެފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)