
އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ދާއިމީ ވޯޓާރސް ލިސްޓް ނެރެފި

މުޙައްމަދު ފަޟްލޫން - 29 މޭ 2026 - 11:47
އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ދާއިމީ ވޯޓާރސް ލިސްޓް މިއަދު ނެރެފިއެވެ.
އެމްޑީޕީގެ ފަރާތުން ދާއިމީ ވޯޓާރސް ލިސްޓް ނެރުމަށް ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން އިންތިހާބުގެ ވޯޓްލުމާއި ހަމައަށް ޕާޓީއިން ވަކިވާ މެމްބަރުންގެ ނަން ވޯޓާރސް ލިސްޓުން އުނި ކުރެވޭނެ ކަމަށެވެ.
ދާއިމީ ވޯޓާރސް ލިސްޓުން އުނިކުރާ ފަރާތްތަކުގެ ތަފްސީލް ފަހުން އިއުލާން ކުރާނެ ކަމަށްވެސް އެމްޑީޕީ އިން ވަނީ ބުނެފައެވެ.
ވޯޓްލާން ރަޖިސްޓްރީ ކޮށްފައިވާ ރަށާއި އަތޮޅު ދާއިމީ ވޯޓާރސް ލިސްޓްގައި ވަނީ ހިމަނާފައެވެ.
ޗެއަރޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު މި އިންތިހާބުގައި ވާދަކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް އަހްމަދު ނަސީމް އާއި އިބްރާހިމް މުހައްމަދު އެވެ.
ގުޅުން ހުރި ޙަބަރުތައް

މިމަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ
23 މިނިޓު ކުރިން
.webp&w=3840&q=75)
މިއަހަރު ސަބްސިޑީއާއި އެހީގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވޭ
ގަޑިއިރެއް ކުރިން

ޣައްޒާގެ %70 އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިޔުމަށް ނަތަންޔާހޫ އަމުރުކޮށްފި
3 ގަޑިއިރު ކުރިން

ޖިންސީ ކުށްތަކަށް އަރައިގަންނަ ލިސްޓުން އިސްރާއީލް ޖާގަހޯދައިފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)