
ޣައްޒާގެ %70 އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިޔުމަށް ނަތަންޔާހޫ އަމުރުކޮށްފި

އާމިނަތު ޝަޒްލާ - 29 މޭ 2026 - 12:03
ފަލަސްޠީިނުގެ ޣައްޒާގެ %70 އިސްރާއީލުގެ ސިފައިންގެ ބާރުގެ ދަށަށް ގެންދިޔުމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަމުރުކޮށްފިއެވެ.
ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނަށް އަމާޒުކޮށް ކަމުގައި ބުނެ، މުސްލިމުންގެ ބަރަކާތްތެރި ޢީދު އަލް-އަޟުޙާއާ ދިމާކޮށް ވެސް އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާއަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި 10 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ފަސް ކުޑަކުދިން ވެސް ހިމެނެއެވެ.
ޙަމަލާ ބަދަލުކުރުމާއި ޤަތުލުޢާންމު މެދުކަނޑައިލުމަށް އެއްބަސްވިއިރު ޣައްޒާގެ %50 އޮތީ އިސްރާއީލުގެ ބާރުގެ ދަށުގައެވެ. ނަމަވެސް، ނަތަންޔާހޫ ބުނީ، އެ ސަހަރުގެ %60 މިހާރު އިސްރާއީލުގެ ސިފައިންގެ އަތްދަށަށް ގެންގޮސްފައިވާ ކަމުގައެވެ. އަދި، ޣައްޒާގެ %70 އަށް އަތްގަދަކުރުމަށް އޭނާ ވަނީ އިސްރާއީލުގެ ސިފައިންނަށް އަމުރުކޮށްފައެވެ.
ހުސްވި އަހަރުގެ އޮކްޓޫބަރުގައި ޙަމަލާތައް ހުއްޓައިލުމަށް އެއްބަސްވި ފަހުން އިސްރާއީލުގެ ސިފައިން ދީފައިވާ ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 900 އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ދާއިރާގެ އޮފިޝަލުން ހާމަކުރިއެވެ.
2023 އޮކްޓޫބަރުގައި ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ފެށި ޤަތުލުޢާންމުގެ ދަށުން އެ ސަހަރުގެ ބިމުގެ ބޮޑު ސަރަޙައްދެއް މިހާރު ވެސް އޮތީ އިސްރާއީލުގެ ސިފައިންގެ ޙިޞާރުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިމަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ
22 މިނިޓު ކުރިން
.webp&w=3840&q=75)
މިއަހަރު ސަބްސިޑީއާއި އެހީގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވޭ
ގަޑިއިރެއް ކުރިން

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ދާއިމީ ވޯޓާރސް ލިސްޓް ނެރެފި
3 ގަޑިއިރު ކުރިން

ޖިންސީ ކުށްތަކަށް އަރައިގަންނަ ލިސްޓުން އިސްރާއީލް ޖާގަހޯދައިފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)