
މިމަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

އާމިނަތު ޝަޒްލާ - 29 މޭ 2026 - 14:36
މިމަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން މެއި މަހުގެ މިހާތަނަށް ރާއްޖެއަށް 122،000 ޓޫރިސްޓުން އައިސްފައިވެއެވެ. މިދިޔަ އަހަރުގެ މެއި މަހު ރާއްޖެ އައީ 119،000 ފަތުރުވެރިންނެވެ. މި މަހު އެވްރެޖްކޮށް ދުވާލަކު ރާއްޖެއަށް އައީ 6،200 ފަތުރުވެރިންނެވެ.
މެއި މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާ އާއި އޭޝިއާގެ ގައުމުތަކުންނެވެ. އެހެންކަމުން މިއީ ވެސް ޓޫރިޒަމް ރަނގަޅު ކަމަށް ހިސާބުތަކުން ދައްކާ އެއް ސަބަބެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ފާއިތުވި ދެ މަހުވެސް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެ އަންނަ ބޮޑެތި އެއަރލައިންތައް ކަމަށްވާ ގަތަރު އެއަރވޭސް، އެމިރޭޓްސް، ފްލައި ދުބާއީ، އިއްތިހާދު އެއަރލައިންސް ފަދަ އެއަރލައިންތަކުގެ ދަތުރުތަކަށް ބުރޫ އެރިއެވެ. އެހެންނަމަވެސް މިހާރު އެ އެއަރލައިންތަކުންވެސް މިވަނީ ރާއްޖެއަށް ދަތުރުކުރަން ފަށާފައެވެ.
މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން މިދިޔަ ދެ މަހުވެސް ރާއްޖެއަށް އެވްރެޖްކޮށް ޒިޔާރަތްކޮށްފައިވަނީ ގާތްގަނޑަކަށް 4000އެއްހާ ފަތުރުވެރިންނެވެ. އެހެންނަމަވެސް ހަނގުރާމައާއި ގުޅިގެން ދަތުރުތައް މެދުކަނޑާލި އެއަރލައިންތަކުން އަލުން ދަތުރުތައް ފެށުމުގެ ސަބަބުން ފަތުރުވެރިންގެ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޤަޠަރުގެ އަމީރު، ރައީސް އާއި ބައްދަލުކުރައްވައިފި
12 ގަޑިއިރު ކުރިން

ތިނަދޫ ސިޓީ "އާބާދީ 60" ޖަލްސާއަށް ރައީސްއާ ކުރީގެ ރައީސުންނަށް ދަޢުވަތު ދެނީ
13 ގަޑިއިރު ކުރިން

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
13 ގަޑިއިރު ކުރިން

މިފްކޯއިން ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި
15 ގަޑިއިރު ކުރިން


.gif&w=3840&q=75)