
ވޯލްޑް ކަޕާ ދިމާކޮށް ސްކޭމް އިތުރުވަނީ، ސަމާލުވޭ: ފުލުހުން

އާމިނަތު ޝަޒްލާ - 14 ޖޫން 2026 - 07:05
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތާ ދިމާކޮށް، އޮޅުވާލައިގެން ފައިސާ ހޯދުމާއި ވިޔަފާރީގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، އެކަމަށް އާންމުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ވަނީ ސޯޝަލް މީޑިއާގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ކަމަށް ދައްކައިގެން މަކަރާއި ޙީލަތް ހިންގާ ޓިކްޓޮކް އެކައުންޓެއްގެ މަޢުލޫމާތު ވެސް ހާމަކޮށްފައެވެ. އެ ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޚާއްޞަކޮށް ރަމަޟާން މަހާއި، ސްކޫލް ބަންދު ދުވަސްވަރުގެ އިތުރުން ތަފާތު ޕްރޮމޯޝަންތައް ކުރިއަށްދާ ދަނޑިވަޅުތަކަކީ ސްކޭމަރުން އެންމެ ބޮޑަށް ހަރަކާތްތެރިވާ ދުވަސްވަރުކަން ނަވީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ވޯލްޑް ކަޕް ފަދަ ފޯރިގަދަ މުނާސަބަތުތަކާ ދިމާކޮށް ސްކޭމަރުން ތިބެނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.
މީސްމީޑިއާ މެދުވެރިކޮށް ކާބޯތަކެއްޗާއި ލުއިކާނާގެ އިޝްތިހާރުތައް އާންމުކޮށްގެންނާއި، ޓީމުތަކުގެ ޖޯޒީ އާދަޔާ ޚިލާފަށް އަގުހެޔޮކޮށް ވިއްކާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމުގެ އަމަލުތައް ހިންގާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި، މުދަލެއް ނުވަތަ ޚިދުމަތެއް ލިބުމުގެ ކުރިން އެއްވެސް ފައިސާއެއް ނުދެއްކުމަށް ފުލުހުން އިރުޝާދުދެއެވެ.
ނަވީދު އިތުރަށް ވިދާޅުވީ، އެއްވެސް ޕްރޮމޯޝަނެއްގައި ބައިވެރިވުމަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށާއި، ޖޯޒީ ފަދަ އެއްޗެހި ގަންނައިރު ވެސް ފައިސާ ދައްކަންވާނީ މުދާ އަތަށް ލިބުމުން ކަމަށެވެ. ސްކޭމަރުން އާންމުކޮށް ބޭނުންކުރާ އުކުޅަކީ ކަމެއް ވަރަށް އަވަސްކުރަން ޖެހިފައިވާ ކަމަށް ދައްކައި، މީހުން ހާސްކޮށްލައިގެން ފައިސާ ހޯދުން ކަމަށްވާތީ، ފައިސާ ފޮނުވުމުގެ ކުރިން އެއީ ސައްޙަ ފަރާތެއްތޯ ކަށަވަރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މިފަދަ ޖަރީމާތަކުން ސަލާމަތްވުމަށް އަމިއްލަ ފަރުދީ ޒިންމާ އަދާކުރުމަށް ފުލުހުން ބާރުއަޅުއްވާއިރު، ވޯލްޑް ކަޕާ ގުޅިގެން ފާހަގަކުރެވުނު ބައެއް އެކައުންޓްތައް ބަންދުކޮށް، އެ މައްސަލަތައް މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ. ކުރިއަށް އޮތް ތަނުގައި މިފަދަ އަމަލުތައް އިތުރުވުމުގެ ފުރުޞަތު އޮތުމުން، މާލީ މުއާމަލާތްތަކާއި އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމަށް ފުލުހުން ވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިސަރުކާރުގެ ސިޔާސަތަކީ އިސްލާމް ދީނަށް ނަސްރުދިނުމުގެ ސިޔާސަތު: ރައީސް
14 މިނިޓު ކުރިން
ގަވާއިދާ ހިލާފްވި ބިދޭސީންތަކެއް ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

މާލޭގެ ފަޅުތަކުގައި އޮތް 20 އުޅަނދެއް ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފި
4 ގަޑިއިރު ކުރިން

މަސްތުވާތަކެތި ވިއްކި އަންހެނަކު ކުށުގެ ރެކޯޑެއް ނެތުމުން ދޫކޮށްލަ ދިނުމަށް ކޯޓުގައި އެދިއްޖެ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)