
މަސްތުވާތަކެތި ވިއްކި އަންހެނަކު ކުށުގެ ރެކޯޑެއް ނެތުމުން ދޫކޮށްލަ ދިނުމަށް ކޯޓުގައި އެދިއްޖެ

ރިޟްވާން މޫސާ - 14 ޖޫން 2026 - 13:40
ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަންހެނަކު ކުށުގެ އެއްވެސް ރެކޯޑެއް މީގެ ކުރިން ނެތުމުން މި މައްސަލައިގައި އެއް ފަހަރަކަށް މާފު ދިނުމަށް ކޯޓުގައި އެދިފި އެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ހދ. ނޮޅިވަރަންފަރު، މާޅެންދޫގެ، އުމުރުން 28 އަހަރުގެ ފާޠިމަތު ނިލްފާ ޢަބްދުﷲ ޝިޔާމް އެވެ.
ބަންދު އަމުރުގައިވާ ގޮތުން ނިލްފާ ހައްޔަރުކުރީ ކޮޓަރިއެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. އެ އޮޕަރޭޝަނުގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. ނިލްފާގެ ޔުރިން ޓެސްޓް ކެނެބިސަށް ޕޮޒިޓިވް ވެފައިވެއެވެ.
ނިލްފާ އަކީ މީގެ ކުރިން ކުށުގެ އެއްވެސް ރެކޯޑެއް އޮތް މީހެއް ނޫނެވެ. އެހެން ކަމުން ކޯޓުގައި އޭނާގެ ބަންދުގެ މުއައްދަތު މަރުހަލާގައި ވަނީ ބަންދުން ދޫކޮށްލަދިނުމަށް އެދިފަ އެވެ. ނަމަވެސް ކޯޓުން ވަނީ ނިލްފާގެ ބަންދަށް 20 ދުވަހުގެ މުއްދަތެއް ޖަހައިދީފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

މިސަރުކާރުގެ ސިޔާސަތަކީ އިސްލާމް ދީނަށް ނަސްރުދިނުމުގެ ސިޔާސަތު: ރައީސް
12 މިނިޓު ކުރިން
ގަވާއިދާ ހިލާފްވި ބިދޭސީންތަކެއް ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

މާލޭގެ ފަޅުތަކުގައި އޮތް 20 އުޅަނދެއް ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފި
4 ގަޑިއިރު ކުރިން

ބައި އިލެކްޝަންގެ ކާމިޔާބީ ފާހަގަ ކުރަން ރައީސް، ދ. މީދޫއަށް ވަޑައިގެންފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)