
މާލޭގެ ފަޅުތަކުގައި އޮތް 20 އުޅަނދެއް ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފި

މުޙައްމަދު ފަޟްލޫން - 14 ޖޫން 2026 - 14:36
މާލެ އާއި ވިލިމާލޭގެ ފަޅުތަކުގައި އުސޫލުތަކާ ހިލާފަށް ބަނދަރުކޮށްފައިވާ 20 އުޅަނދެއް މާލެ ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ހާމަކުރެއްވި ގޮތުގައި، މި އުޅަނދުތައް ޖޫރިމަނާކޮށްފައިވަނީ ފަޅުތައް ބޭނުންކުރުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކަށް އަމަލުކުރާ މިންވަރު ބެލުމަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ކައުންސިލްގެ ހާބަރ އެންޑް މެނޭޖްމަންޓް ސެކްޝަނުން ވިލިމާލެ ޕޮލިސް ޔުނިޓާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ފަޅުތައް ބޭނުންކުރުމުގައި އާންމު އުސޫލުތައް ދެމެހެއްޓޭކަން ކަށަވަރުކުރުމެވެ.
މި އޮޕަރޭޝަންގެ ތެރެއިން ވިލިމާލޭ ފަޅުތެރޭގައި ހުއްދައާ ނުލައި ބަނދަރުކޮށްފައި އޮތް 17 އުޅަނދެއް ފާހަގަކުރެވިފައިވެއެވެ.
މި އުޅަނދުތައް ޖޫރިމަނާކޮށް، ގަވާއިދާ ހިލާފުވެފައިވާކަން އަންގައިދޭ އިންޒާރުގެ ސްޓިކާ ވަނީ ހަރުކޮށްފައެވެ.
މީގެ އިތުރުން، މާލޭގެ ސުނާމީ މޮނިއުމަންޓް ސަރަހައްދުގައި ހުންނަ ދެކުނު ބަނދަރުން ވެސް ތިން އުޅަނދެއް ޖޫރިމަނާކޮށްފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ކައުންސިލުން އިތުރަށް މައުލޫމާތު ދިން ގޮތުގައި، މި އުޅަނދުތައް ބަނދަރުކޮށްފައި އޮތީ މާލެ-ވިލިމާލެ ފެރީގެ ދަތުރުތަކަށް ދަތިވާ ގޮތަށެވެ.
މީގެ ސަބަބުން ފެރީގެ ހިދުމަތް ދިނުމުގައި ލަސްތަކެއް ކުރިމަތިވާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށްވެސް ކައުންސިލުން ފާހަގަކުރިއެވެ.
ގަވާއިދާ ހިލާފަށް ބަނދަރުކުރުން ހުއްޓުވައި، ބަނދަރުގެ ކަންކަން އިންތިޒާމުވެފައިވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކުރިއަށް އޮތް ތަނުގައިވެސް ފަޅުތައް ބެލެހެއްޓުމުގެ މަސައްކަތްތައް ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިސަރުކާރުގެ ސިޔާސަތަކީ އިސްލާމް ދީނަށް ނަސްރުދިނުމުގެ ސިޔާސަތު: ރައީސް
7 މިނިޓު ކުރިން
ގަވާއިދާ ހިލާފްވި ބިދޭސީންތަކެއް ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

މަސްތުވާތަކެތި ވިއްކި އަންހެނަކު ކުށުގެ ރެކޯޑެއް ނެތުމުން ދޫކޮށްލަ ދިނުމަށް ކޯޓުގައި އެދިއްޖެ
5 ގަޑިއިރު ކުރިން

ބައި އިލެކްޝަންގެ ކާމިޔާބީ ފާހަގަ ކުރަން ރައީސް، ދ. މީދޫއަށް ވަޑައިގެންފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)