ގަވާއިދާ ހިލާފްވި ބިދޭސީންތަކެއް ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 14 ޖޫން 2026 - 14:36
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީންތަކެއް ހައްޔަރުކޮށްފައެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަންތައް ކުރިއަށްގެންގޮސްފައިވަނީ މި މަހުގެ 10، 11 އަދި 13 ވަނަ ދުވަހުއެވެ.
މި ހަރަކާތުގެ ތެރެއިން ޖުމްލަ 68 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ހަތް މީހެކެވެ.
އޮޕަރޭޝަން ކުރަނގީ ގެ ތިންވަނަ ފިޔަވަހީގެ ދަށުން، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދައި، މިއަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުގެ ކުރިން ޑީޕޯޓުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.
މީގެ އިތުރުން، މި އޮޕަރޭޝަންގެ ދަށުން މައުލޫމާތު އެއްކުރެވުނު ބިދޭސީންގެ ތެރެއިން، އަލުން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތްވެސް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މިސަރުކާރުގެ ސިޔާސަތަކީ އިސްލާމް ދީނަށް ނަސްރުދިނުމުގެ ސިޔާސަތު: ރައީސް
14 މިނިޓު ކުރިން

މާލޭގެ ފަޅުތަކުގައި އޮތް 20 އުޅަނދެއް ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފި
4 ގަޑިއިރު ކުރިން

މަސްތުވާތަކެތި ވިއްކި އަންހެނަކު ކުށުގެ ރެކޯޑެއް ނެތުމުން ދޫކޮށްލަ ދިނުމަށް ކޯޓުގައި އެދިއްޖެ
5 ގަޑިއިރު ކުރިން

ބައި އިލެކްޝަންގެ ކާމިޔާބީ ފާހަގަ ކުރަން ރައީސް، ދ. މީދޫއަށް ވަޑައިގެންފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)