
މިސަރުކާރުގެ ސިޔާސަތަކީ އިސްލާމް ދީނަށް ނަސްރުދިނުމުގެ ސިޔާސަތު: ރައީސް

މުޙައްމަދު ފަޟްލޫން - 14 ޖޫން 2026 - 18:22
މިސަރުކާރުގެ ސިޔާސަތަކީ އިސްލާމް ދީނަށް ނަސްރުދިނުމުގެ ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީ އިން ކާމިޔާބުކުރުމާއި ގުޅިގެން އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިސަރުކާރުގެ މަދަކީވެސް އެންމެ މައިގަނޑު އަސާސަކީ އިސްލާމް ދީނަށް ނަސްރު ދިނުން ކަމަށެވެ.
މިގައުމުގައި ތުއްތު ކުދިންގެ އުމުރުން ފެށިގެން ހުރިހާ އުމުރެއްގެ ރައްޔިތުންނަށް ކަންކަން ތަރުތީބު ކުރުމުގައްޔާއި ސިޔާސަތުތައް ތަންފީޒް ކުރުމުގައި އަސާސަކީ އިސްލާމް ދީން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން އެހެން ވެރިކަން ތަކުގައި އަބަދު ކޮންމެހެން ހަމައިގައި ތިބެން ނުޖެހޭނެ ކަމަށް ބުނުމުގެ ސިޔާސަތުކަމަށް ރައީސް ވިދާޅުވިއެވެ.
ޑްރަގާއި ވޭޕާއި އެފަދަ ތަކެތި އާއްމުކުރުމުގެ ސިޔާސަތު މީގެ ކުރީގެ ސަރުކާރުތަކުގައި ފެނިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރު ޕީއެންސީ އާއި ހަވާލް ވި އިރު ވޭޕާއި ޑްރަގް ބޭނުންކުރުން އިންތިހާ ދަރަޖައަށް މައްޗަށް ގޮސްފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާޙަގަކުރެއްވިއެވެ.
މިސަރުކާރުން ވެރިކަމާއި ހަވާލްވި އިރު މުޅިގައުމުގެ ތެރޭގައި ވޭޕާއި ޑްރަގް އޮތީ އާއްމުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުގެ ބިނާ ކުރުވަނިވި ފިކުރުން ކަންކަން ތަންފީޒުކުރަމުންދަނީ ކުރިން އެކަން ހިނގަމުންދިޔަ ގޮތަށް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
މިސަރުކާުރުން ވޭޕް މަނާކޮށް ޖެނެރޭޝަނަލް ބޭން އެއް ތައާރަފްކޮށް ޑްރަގް ނައްތާލުމަށްޓަކައި ޑްރަގް ޓްރެފިކް ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ގާނޫނުގައި މިސަރުކާރުން ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް މިސަރުކާރުން ވަރުގަދަ ބޮޑެތި ބަދަލުތަކެއް ގެނެސް އެ ގާނޫނު ތަންފީޒު ކުރަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅު ވެގެންދާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.
މިސަރުކާރުގެ އަމާޒަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި ހުރިހާ ޒުވާނުން އެކަމުން ސަލާމަތްކޮށް އެކުދިންނަކީ ގައުމަށް ފައިދާހުރި ބޭނުންތެރި ބަޔަކަށް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެތި ބޭނުންކުރާ އަދި އެކަމަށް ދެވި ހިފާފައިވާ ކުދިން އެކަމުން ސަލާމަތްކޮށް ގައުމަށް ފައިދާ ހުރި ބޭނުންތެރި ބަޔަކަށް ހެދުމުގެ މަސައްކަތް މިސަރުކާރުން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް
ގަވާއިދާ ހިލާފްވި ބިދޭސީންތަކެއް ހައްޔަރުކޮށްފި
5 ގަޑިއިރު ކުރިން

މާލޭގެ ފަޅުތަކުގައި އޮތް 20 އުޅަނދެއް ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފި
5 ގަޑިއިރު ކުރިން

މަސްތުވާތަކެތި ވިއްކި އަންހެނަކު ކުށުގެ ރެކޯޑެއް ނެތުމުން ދޫކޮށްލަ ދިނުމަށް ކޯޓުގައި އެދިއްޖެ
6 ގަޑިއިރު ކުރިން

ބައި އިލެކްޝަންގެ ކާމިޔާބީ ފާހަގަ ކުރަން ރައީސް، ދ. މީދޫއަށް ވަޑައިގެންފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)