logo

ބައި އިލެކްޝަންގެ ކާމިޔާބީ ފާހަގަ ކުރަން ރައީސް، ދ. މީދޫއަށް ވަޑައިގެންފި

profile

މުޙައްމަދު ފަޟްލޫން - 14 ޖޫން 2026 - 13:40

ދ. މީދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ވަޑައިގެންފިއެވެ.

https://wamco.com.mv/

މީދޫ ކައުންސިލްގެ ރައީސަކު ހޮވުމަށް އިއްޔެ ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ، މީގެ ކުރިން ބޭއްވި އިންތިޚާބުގެ ވޯޓު ހައިކޯޓުގެ އަމުރަށް އަލުން ގުނުމުން، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމާއި އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެންނެވެ.

އިއްޔެ ބޭއްވި އިންތިޚާބުގައި 80 ވޯޓުގެ ތަފާތުން ސުހާ ވަނީ ކާމިޔާބީ ހޯއްދަވާފައެވެ. މި އިންތިޚާބުގައި ސުހާއަށް 529 ވޯޓު ލިބިވަޑައިގަތްއިރު، ޝާހިދަށް ލިބިފައިވަނީ 449 ވޯޓެވެ.

މި ކާމިޔާބީ ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މީދުއަށް ވަޑައިގަތުމުން، އެ ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސްގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމަށްޓަކައި ރަށުގެ ބަނދަރު ސަރަހައްދަށް ކުދިބޮޑު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޖަމާވެފައެވެ.

މި އިންތިހާބާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމް އިން ބުނީ، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk