
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހުޅުވާލަައިފި

މުޙައްމަދު ފަޟްލޫން - 11 ޖޫން 2026 - 19:09
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ފާތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
މި މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމު ފުރުއްވަމުން ގެންދެވި ހަސަން ޒަރީރު، މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށްޓަކައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ޖޫން މަހުގެ 28 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް އެ އޮފީހުންނެވެ.
މި މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށްވެސް އެ އޮފީހުން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކުން ހިދުމަތްދޭ ވަގުތު އިތުރުކޮށްފި
5 ގަޑިއިރު ކުރިން

ކުވެއިތުގެ ވައިގެ ސަރަހައްދު އަލުން ހުޅުވައިފި
10 ގަޑިއިރު ކުރިން
.png&w=3840&q=75)
ޝަމްއާންގެ ތަހުގީގު ހިންގީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއެކު: ފުލުހުން
10 ގަޑިއިރު ކުރިން

ނައިބު ރައީސް ޖަޕާނުގެ ސަފީރާއި ބައްދަލުކުރައްވައިފި
10 ގަޑިއިރު ކުރިން


.gif&w=3840&q=75)