logo

ކުވެއިތުގެ ވައިގެ ސަރަހައްދު އަލުން ހުޅުވައިފި

profile

މުޙައްމަދު ފަޟްލޫން - 11 ޖޫން 2026 - 14:22

އީރާނުން ދިން ހަމަލާތަކާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި މެދުކަނޑާލުމަށްފަހު، ކުވެއިތުގެ ވައިގެ ސަރަހައްދު އަލުން ހުޅުވައިފިއެވެ.

https://wamco.com.mv/

ކުވެއިތުގެ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން މިއަދު ހާމަކުރި ގޮތުގައި، ރައްކާތެރިކަމުގެ ގޮތުން އެޅި ވަގުތީ ފިޔަވަޅުތަކަށްފަހު، މިހާރު ވަނީ އާންމު ވައިގެ ދަތުރުފަތުރުގެ އޮޕަރޭޝަންތައް އަލުން ފަށާފައެވެ. އެ އޮތޯރިޓީން ބުނީ، ދަތުރުތައް އަލުން ފެށުމަށް ނިންމީ މަސްރަހު ދިރާސާކުރުމަށްފަހު، ދަތުރުފަތުރު ކުރުމަށް އަމާން މާހައުލެއް އޮތްކަން ކަށަވަރުވުމުން ކަމަށެވެ.

މި ނިންމުމާއެކު، ކުވެއިތު އިންޓަނޭޝަނަލް އެއާޕޯޓުގެ ޝެޑިއުލް ދަތުރުތައް މިހާރު ވަނީ އާންމު އުސޫލުން ކުރިއަށްދާން ފަށާފައެވެ. ޑީޖީސީއޭއިން އިތުރަށް ބުނެފައިވަނީ، ވައިގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅޭ އެތެރޭގެ އަދި ބޭރުގެ އިދާރާތަކާ ގުޅިގެން 24 ގަޑިއިރު ހާލަތު މޮނިޓަރު ކުރަމުންދާ ކަމަށެވެ.

އަދި ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކަށް ފާރަވެރިވެ، ހާލަތަށް ރިއާޔަތްކޮށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ވަގުތުން އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް އެ އިދާރާއިން ވަނީ ދީފައެވެ. މީގެ އިތުރުން، ފަސިންޖަރުންނާއި ވައިގެ ދަތުރުފަތުރުގެ ސަލާމަތަށް އިސްކަންދޭނެކަން ހާމަކުރަމުން، އެ އޮތޯރިޓީން ވަނީ ދަތުރުވެރިންނާއި އާންމު ރައްޔިތުން އެންމެ ފަހުގެ މައުލޫމާތު ހޯދުމުގައި ރަސްމީ މަސްދަރުތަކަށް ބަރޯސާވުމަށް އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk