
މިހާތަނަށް 1.6 މިލިއަން މީހުން އާރުޓީއެލް ހިދުމަތް ބޭނުންކޮށްފި

މުޙައްމަދު ފަޟްލޫން - 11 ޖޫން 2026 - 09:44
މިހާތަނަށް 1.6 މިލިއަން މީހުން އާރުޓީއެލް ގެ ހިދުމަތް ބޭނުންކޮށްފިއެވެ.
އާރްޓީއެލްގެ ހިދުމަތަށް 4 އަހަރު ފުރިފައިވާއިރު، މި ނިޒާމުގެ ތެރެއިން މިހާރު މައިގަނޑު ގޮތެއްގައި ފޯރުކޮށްދެނީ ހައި ސްޕީޑް ފެރީއާއި ބަހުގެ ހިދުމަތެވެ.
ޓްރޭޑް ޑެސްކް ވިތް އަނާ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ދަތުރުފަތުރާ ބެހޭ ވުޒާރާގެ ނައިބު އިބްރާހިމް ޔާސިރު ވިދާޅުވީ، އާރްޓީއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 1.6 މިލިއަން މީހުން މި ޚިދުމަތް ބޭނުންކޮށްފައިވާ ކަމަށެވެ.
ޔާސިރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އާރްޓީއެލްގެ ހިދުމަތް މިހާތަނަށް އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރިހަމައަށް ގާއިމުކުރެވިފައިވަނީ ޒޯން 1 (ހއ، ހދ، އަދި ށ. އަތޮޅު) ގައެވެ.
މިގޮތުން އެ ސަރަހައްދުގައި އެކަނިވެސް ދުވާލަކު އެވްރެޖްކޮށް 1،000 އެއްހާ މީހުން ދަތުރުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
އާރްޓީއެލް ފެރީގެ ހިދުމަތަކީ ޢާންމު ދަތުރުފަތުރާއި ސިއްހީ ފަރުވާ ފަދަ ޒަރޫރީ ބޭނުންތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކަށް ލިބިގެންދިޔަ ނުހަނު ބޮޑު ލުއިފަސޭހައެކެވެ.
އާރުޓީއެލް ހިދުމަތުގެ އަގުތައް އަތްފޯރާފަށުގައި ހުރުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ފުރަތަމަ ތިން އަތޮޅަކުން ފެށި މި ހިދުމަތް މިހާރު ވަނީ 15 އަތޮޅަކަށް ފުޅާކުރެވިފައެވެ.
މި ހިދުމަތް މިހާތަނަށް ނުފެށި އޮތީ އެންމެ 5 އަތޮޅެއްގައިކަން ފާހަގަކުރައްވަމުން، ޔާސިރު ވިދާޅުވީ މި ހިނގާ މަހުގެ ތެރޭގައި މ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށޭނެ ކަމަށެވެ.
މ. އަތޮޅުގެ އިތުރުން ދެން މި ޚިދުމަތް ފެށުމަށް ބާކީ އޮތީ ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅެވެ.
މި އަތޮޅުތަކުގައި ވެސް ޚިދުމަތް ފެށުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އިރުޝާދުތަކާ އެއްގޮތަށް މަސައްކަތް ކުރަމުންދާކަން މީޑިއާ އަށް ދެއްވި މައުލޫމާތުގައި ޔާސިރު ފާހަގަކުރެއްވިއެވެ.
މ. އަތޮޅުގައި މި ހިދުމަތް އިފްތިތާޙުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން، ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް އެމްޓީސީސީ އިން މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.
އެގޮތުން، އެ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް، ޚިދުމަތް ބޭނުންކުރާނެ ގޮތާއި އެ ނިޒާމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތައް ދަނީ ބާއްވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ތިނަދޫގައި އޮޕަރޭޝަން ޑޮކްޓަރުންގެ ހާއްސަ ކޭމްޕެއް ފަށައިފި
3 ގަޑިއިރު ކުރިން

މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ 17 ޕަސެންޓަށް ދަށަށް ހިނގައްޖެ
4 ގަޑިއިރު ކުރިން

ނަސަންދުރަ ސަރަހައްދުގަ އޮންނަ ޖެޓީއަށް ފެރީތައް ކައިރިކުރުމަށް ހުއްދައެއް!
4 ގަޑިއިރު ކުރިން

އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން، އެސްޖީން މަގާމުން ވަކިކޮށްފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)