logo

ނަސަންދުރަ ސަރަހައްދުގަ އޮންނަ ޖެޓީއަށް ފެރީތައް ކައިރިކުރުމަށް ހުއްދައެއް!

profile

އާމިނަތު ޝަޒްލާ - 11 ޖޫން 2026 - 07:14

ނަސަންދުރަ ސަރަހައްދުގައި އޮންނަ ޖެޓީއަށް ފެރީތައް ކައިރިކުރުމަށާއި، ފަސިންޖަރުން އަރުވައި ބޭލުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވަގުތީ ހުއްދައެއް ދީފިއެވެ.

https://wamco.com.mv/

ބޮޑުތަކުރުފާނު މަގުގެ ނަސަންދުރަ ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިންގާ މަގު ހެދުމުގެ މަޝްރޫޢާ ގުޅިގެން، އެ ސަރަހައްދުގެ ފަޅު ބޭނުންކުރުން މީގެ ކުރިން އޮތީ މަނާކޮށްފައެވެ. ނަމަވެސް، އެމްޓީސީސީން އިއްޔެ ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ނަސަންދުރަ ކުރިމަތީގައި އޮންނަ ޖެޓީއަށް ފެރީތައް ކައިރިކުރުމުގެ ވަގުތީ ހުއްދަ މިހާރު ވަނީ ދީފައެވެ.

މި ހުއްދަ ދިން ކަމުގައިވިޔަސް، އެ ސަރަހައްދުގެ މަގުމަތީގައި އެއްގަމު އުޅަނދުތައް ދުއްވުމާއި ހަރަކާތްތެރިވުން އަދިވެސް އޮތީ މަނާކޮށްފައެވެ. އެހެންކަމުން، އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުވާނެކަން އެ ކުންފުނިން ހަނދާންކޮށްދެއެވެ. އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން އެމްޓީސީސީގެ މުވައްޒަފުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެދިފައިވެއެވެ.

ބޮޑުތަކުރުފާނު މަގުގެ މަރާމާތުގެ މަސައްކަތްތަކާ ގުޅިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ބޮޑުތަކުރުފާނުމަގާއި ޗާންދަނީމަގު ގުޅޭ ހިސާބުން ފެށިގެން، ޗާންދަނީމަގާއި އޯކިޑްމަގު އަދި އަމީރު އަހުމަދު މަގު ގުޅޭ ހަތަރުއަނގޮޅިއާ ހަމައަށް، މިހާރު ދެކޮޅަށް އުޅަނދުތަކަށް ދުއްވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk