logo

އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން، އެސްޖީން މަގާމުން ވަކިކޮށްފި

profile

އާމިނަތު ޝަޒްލާ - 11 ޖޫން 2026 - 07:13

އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަގާމުގައި ތިއްބެވި ހުރިހާ ބޭފުޅުން އިއްޔެ މަގާމުން ވަކިކޮށްފިއެވެ. ސިވިލް ސާވިސް ކޮމިޝަނުން މައުލޫމާތު ދެއްވި ގޮތުގައި، ސެކްރެޓަރީ ޖެނެރަލުން މަގާމުން ވަކިކުރަން ޖެހުނީ އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެންނެވެ.

https://wamco.com.mv/

މި ބަދަލާ އެކު، ކަނޑައެޅިފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ނޯޓިސްގެ މުއްދަތުގެ ފައިސާ އާއި "ރިޑަންޑެންސީ އިނާޔަތް" ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި މި އިސްލާހުގައި ވަނީ، އަތޮޅު ކައުންސިލްތަކުގެ ދައުރު ހަމަވުމާ އެކު އެ ކައުންސިލްތައް އުވިގެންދާނެ ކަމަށެވެ.

އެގޮތުން، މިދިޔަ މަހުގެ 17 ވަނަ ދުވަހު އާ ކައުންސިލަރުން ހުވާކުރެއްވުމާ އެކު، އަތޮޅު ކައުންސިލްތައް ވަނީ ރަސްމީކޮށް އުވިފައެވެ. އަދި މިހާރު އެ އިދާރާތައް ހިންގަމުންދަނީ އެލްޖީއޭގެ ދަށުން ހިނގާ އަތޮޅު އޮފީސްތަކުގެ ގޮތުގައެވެ.

ކައުންސިލްތަކުގެ އިދާރީ އެންމެ އިސް މަގާމަކީ ސެކްރެޓަރީ ޖެނެރަލްގެ މަގާމެވެ. އަތޮޅު ކައުންސިލްތައް އުވުމާ ގުޅިގެން މި މަގާމުތައް އުވިގެންދިޔަ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށާއި، މުސާރަ އާއި އިނާޔަތްތަކަށް ބަދަލެއް ނާންނާނެހެން ކަންކަން އިންތިޒާމު ކުރުމަށް ކަމާބެހޭ އިދާރާތަކަށް މީގެ ކުރިން އިރުޝާދު ދެއްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk