.jpeg&w=3840&q=75)
ހުރިހައި އަތޮޅު ކައުންސިލްތަކެއްގެ އެސްޖީންތައް މަގާމުން ވަކިކޮށްފި!

ރިޟްވާން މޫސާ - 11 ޖޫން 2026 - 07:13
އަތޮޅު ކައުންސިލްތައް އުވާލުމުން އެ ކައުންސިލްތަކުގައި މަސައްކަތް ކުރަމުން ގެންދިޔަ ހުރިހާ ސެކްރެޓަރީ ޖެނެރަލުން މަގާމުން ވަކިކޮށްފިއެވެ.
އަތޮޅު ކައުންސިލްތައް އުވާލުމުން އެސްޖީންތައް މަގާމުން ވަކިކުރީ އިއްޔެއެވެ. އެމީހުން މަގާމުން ވަކިކުރަން ނިންމާފައިވަނީ ނޯޓިސްގެ މުއްދަތުގެ ފައިސާ އަދި "ރިޑަންޑެންސީ އިނާޔަތް" ލިބޭ ގޮތަށްކަން ވަނީ އެނގިފައެވެ.
ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަކީ ކައުންސިލްތައް އިދާރީ ގޮތުން ހިންގުމުގެ އެންމެ އިސް ފަރާތެވެ.
އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީއަށް ގެނައި ބަދަލުތައްް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެކެއްގައެވެ. މި ސަރުކާރުގެ ސުޕާ މެޖޯރިޓީ އޮތް މަޖިލިހުން އެގޮތަށް ފާސްކޮށްފައިވަނީ އެ ނިންމުމަކީ ސަރުކާރުން ކައުންސިލްތަކުގެ ބާރު ހަނިކުރުންކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އިދިކޮޅުން ފާޅުކުރަމުންް ދަނިކޮށެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު އައު ކައުންސިލަރުންތައް ހުވައި ކުރުމާއެކު ހުރިހައި އަތޮޅު ކައުންސިލް ތަކެއްވެސް ވަނީ އުވައިލާފަ އެވެ. އަދި މިހާރު އެތަންތަން ހިންގަމުން ގެންދަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބެލުމުގެ ދަށުން އަތޮޅު އޮފީހުގެ ގޮތުގަ އެވެ.
ގުޅުން ހުރި ޙަބަރުތައް

"ބޭނުމީ ޝުހާދު މެރި މީހުން ވެސް މަރަން" ޝުހާދުގެ މަންމަ އާއި ބައްޕަ
ގަޑިއިރެއް ކުރިން

އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން، އެސްޖީން މަގާމުން ވަކިކޮށްފި
ގަޑިއިރެއް ކުރިން

ވޭވަށުގެ އިންތިޙާބުގެ މައްސަލަ އަށް މިއަދު ގޮތެއް ނިންމަނީ
2 ގަޑިއިރު ކުރިން

ވޯލްޑް ކަޕް 2026: މުޅި ދުނިޔެ ފާހަގަކުރާ ފުޓްބޯޅައިގެ ކުލަގަދަ އީދެއް!
3 ގަޑިއިރު ކުރިން


.gif&w=3840&q=75)