logo

ވޯލްޑް ކަޕް 2026: މުޅި ދުނިޔެ ފާހަގަކުރާ ފުޓްބޯޅައިގެ ކުލަގަދަ އީދެއް!

profile

އާމިނަތު ޝަޒްލާ - 11 ޖޫން 2026 - 05:17

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް، އުތުރު އެމެރިކާގައި ބޭއްވުމުގެ ތައްޔާރީތައް މިހާރު ވަނީ ރަސްމީކޮށް ނިމިފައެވެ. މިއީ ވޯލްޑް ކަޕްގެ ދިގު ތާރީޚުގައިވެސް ތިން ޤައުމެއް ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

https://wamco.com.mv/

ޖޫން 11 އިން ޖުލައި 19 އަށް ކުރިއަށްދާ މި ފަހަރުގެ މުބާރާތަކީ މިހާތަނަށް ބާއްވާ އެންމެ ފުޅާ މުބާރާތެވެ. އެގޮތުން، ރެކޯޑް އަދަދަކަށް، މުޅިއަކު 48 ޓީމު މި މުބާރާތުގައި ވާދަކުރާއިރު، ޖުމްލަ 104 މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.

މުބާރާތް ބާއްވާ ތިން ޤައުމުގެ 16 ސިޓީއަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މިލިއަނުން ގުނާލެވޭ ސަޕޯޓަރުންނަށް މަރުޙަބާ ކިޔުމަށް ވަނީ ތައްޔާރުވެފައެވެ. މުބާރާތް ހުޅުވުމުގެ ރަސްމީ މެޗު މެކްސިކޯ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ނިއު ޖާޒީގައި ހުންނަ މަޝްހޫރު މެޓްލައިފް ސްޓޭޑިއަމްގައެވެ.

މި މުބާރާތުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލަށެވެ. 1958، 1962، 1970، 1994 އަދި 2002 ވަނަ އަހަރުގެ ތަށި ކާމިޔާބުކޮށް، ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލަށް، އެންމެ ފަހުން ތަށި ލިބުނު ފަހުން މިހާރު ވަނީ ވިހި އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ. އެހެންކަމުން، ބްރެޒިލްގެ ސަޕޯޓަރުން މިފަހަރު އިންތިޒާރު ކުރަމުންދަނީ އެ ޤައުމުން ތާރީޚީ ހަވަނަ ތަށި އުފުލާލާނެ ދުވަހަކަށެވެ.

undefined

މި މުބާރާތުގެ ތަށި އުފުލާލާނެ ކަމަށް އެންމެ ބޮޑަށް އުންމީދުކުރެވޭ އެއް ޤައުމަކީ ބްރެޒިލެވެ. ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން މި މުބާރާތާ ކުރިމަތިލާއިރު، އެ ޓީމުގައި ވިނީޝިއަސް ޖޫނިއާ ފަދަ ބައިނަލްއަގުވާމީ ފެންވަރުގެ މޮޅު ތަރިން ހިމެނެއެވެ. ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުގެ ނަޒަރުގައި، ބްރެޒިލްގެ ވަރުގަދަ ހަމަލާތަކާއި، ކުޅުންތެރިންގެ ފެންވަރާއި، ބައިނަލްއަގުވާމީ މައިދާނުގައި ލިބިފައިވާ ތަޖުރިބާއަށް ބަލާއިރު، އެއީ ޗެމްޕިއަންކަން ހޯދުމުގެ އެންމެ ފުރުސަތު ބޮޑު އެއް ޓީމެވެ.

މުބާރާތުގެ ގްރޫޕް 'ސީ' ގައި ބްރެޒިލް ވާދަކުރަން ޖެހެނީ މޮރޮކޯ، ސްކޮޓްލޭންޑް އަދި ހެއިޓީއާ އެކުގައެވެ. 'ސެލެސާއޯ' ގެ ނަމުން މަޝްހޫރުވެފައިވާ ބްރެޒިލް ޓީމުން ތަށި ހޯދުމަށް ކުރާ މި ދަތުރު ފެށޭނެ ގޮތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަޕޯޓަރުން ތިބީ ކެތްމަދުވެފައެވެ. އެހެންކަމުން، އެ ޓީމުގެ ފުރަތަމަ މެޗުތަކަށް ބޮޑު ސަމާލުކަމެއް ހުއްޓޭނެކަން ޔަގީނެވެ.

މުބާރާތުގެ ތައްޔާރީތަކުގެ ތެރެއިން ކުޅުނު އެކުވެރިކަމުގެ މެޗުގައި މިޞްރުގެ މައްޗަށް 2-1 އިން ކުރިހޯދައި، ބްރެޒިލުން ވޯލްޑް ކަޕާ ކުރިމަތިލަނީ ވަރަށް ވަރުގަދަ ފޯމެއްގައެވެ. މި ކާމިޔާބީގެ ސަބަބުން ކުރިއަށް ހުރި ގޮންޖެހުންތަކަށް ތައްޔާރުވަމުންދާ ބްރެޒިލް ޓީމުގެ ރޫޙު ވަނީ ވަރަށް ބޮޑަށް އުފުލި، ކުޅުންތެރިންގެ މެދުގައި އޮތް އިތުބާރު ވަރުގަދަވެފައެވެ.

މި މުބާރާތުގައި ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރުތަކުން ވާދަކުރާއިރު، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ އިތުރުން ފްރާންސް، ޖަރުމަނު، އިންގްލެންޑް، ޕޯޗުގަލް އަދި ސްޕެއިން ފަދަ ޓީމުތަކަކީ ތަށި ހޯދުމުގެ ފުރުސަތު ބޮޑު ޓީމުތަކުގެ ގޮތުގައި ފާހަގަކުރެވެއެވެ. މީގެއިތުރުން، ފުޓްބޯޅައިގެ ލެޖެންޑުން ކަމަށްވާ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕުން ފެންގެންދާނެ ފޯރިގަދަ ކުޅުމަށް މުޅި ދުނިޔެ އިންތިޒާރު ކުރަމުންދަނީ ނުހަނު ޝައުޤުވެރިކަމާ އެކުގައެވެ.

މި އަހަރުގެ ފީފާ ވޯލްޑް ކަޕަކީ، މީގެ ކުރީގެ މުބާރާތްތަކާ ޚިލާފަށް، ބައިވެރިވާ ޓީމުތަކުގެ އަދަދު އިތުރުވެ، ފޯރިގަދަ ކުޅުމަކާއި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ބައިވެރިވުން ފެނިގެންދާނެ ތާރީޚީ މުބާރާތަކަށް ވާނެއެވެ. މި މުބާރާތަކީ ފުޓްބޯޅައިގެ ތާރީޚުގައި އާ ސަފުހާތަކެއް އުފަންވެ، ހައިރާންކުރުވަނިި ނަތީޖާތަކެއް ފެނިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ހަރަކާތެކެވެ.

ބްރެޒިލްގެ ގައުމީ ޓީމުން މިފަހަރުގެ މުބާރާތާ ކުރިމަތިލަނީ ވަރަށް ސާބިތު އަދި ވަރުގަދަ އަޒުމަކާ އެކުގައެވެ. އެ ގައުމުގެ ހަމައެކަނި އަމާޒަކީ، ދުނިޔޭގެ އެންމެ ޝަރަފުވެރި ރަން ތަށި ކާމިޔާބުކޮށް، އެނބުރި ރިއޯއަށް ގެންގޮސް، ޓީމުގެ ނިޝާނުގައި ހަވަނަ ތަރި ފަވާލުމެވެ. ދުނިޔޭގެ ފުޓްބޯޅަ އާއިލާ މި ފޯރިގަދަ އީދަށް އިންތިޒާރު ކުރަމުންދާއިރު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ "ސެލެސާއޯ" އިން މި ޝަރަފުވެރި ލަގަބު އަލުން އިއާދަކުރާނެ ގޮތެއް ބެލުމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk