logo
ޝުހާދުގެ މަންމަ އާއި ބައްޕަ.  ފޯއްމުލަކު  (ވ) ހަދީޖާ މުހައްމަދު (ކ) މުހައްމަދު ހުސެއިން

ޝުހާދުގެ މަންމަ އާއި ބައްޕަ. ފޯއްމުލަކު (ވ) ހަދީޖާ މުހައްމަދު (ކ) މުހައްމަދު ހުސެއިން

"ބޭނުމީ ޝުހާދު މެރި މީހުން ވެސް މަރަން" ޝުހާދުގެ މަންމަ އާއި ބައްޕަ

profile

ރިޟްވާން މޫސާ - 11 ޖޫން 2026 - 07:13

ޏ. ފުވައްމުލައް ދޫނޑިގަމް/ އާސްމާންގޭ އަބްދުﷲ ޝުހާދަށް ތޫނު އެއްޗަކުން ހަމާލާދީ މަރާލި މައްސައާ ގުޅިގެން ދަށު ކޯޓުން މަރަށް ހުކުމް ކުރި އެރަށު ކަރަންކާއާގޭ/ ހަސަން ފަރީދަށް ދޭން ބޭނުންވަނީ މަރުގެ އަދަބު ކަމަށް ޝުހާރުގެ ވާރިސުން ބުނެފި އެވެ.

https://wamco.com.mv/

މަރުގެ މި މައްސަލައިގައި ސްޕްރީމް ކޯޓުގެ އަޑުއެހުން މިއަދު ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފުވައްމުލަކު ކޯޓުގަ އެވެ.

ޝުހާދުގެ ވާރިސުންގެ ގޮތުގައި ސްޕްރީމް ކޯޓުގައި މިއަދު ޖަވާބުދާރީ ވެފައި ވަނީ އޭނާގެ މަންމަ ފޯއްމުލަކު ދޫޑިގަމް އާސްމާންގެ ހަދީޖާ މުހައްމަދާއި، ޝުހާދުގެ ބައްޕަ ކަމުގައިވާ ޏ. ފޯއްމުލަކު ދޫޑިގަމް ރުހާމުގެ މުހައްމަދު ހުސެއިން އެވެ.

މި ދެ މީހުންވެސް ސްޕްރީމް ކޯޓުގައި މިއަދު ބުނީ ބޭނުން ވަނީ މަރަށް މަރުގެ އަދަބު ކަމަށެވެ.

މި މައްސަލައަކީ ޖެނުއަރީ 27، 2010ގެ ރޭ 9:30 އެހައިކަންހާ އިރު، ފަރީދު އިތުރު ބަޔަކާ އެކު ފުވައްމުލަކު ދޫނޑިގަން ބޮޑުފަންނު މަގާއި ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް އެސަރަހައްދުގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާދިމާލު ކަނާތު އަރިކައްޓަށް ވަޅިއަކުން ހަމަލާ ދިނުމުގެ ސަބަބުން ޝުހާރު މަރުވި މައްސަލައަގައި ކުރާ ދައުވާއެކެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ޝުހާދުގެ ވާރިސުން އެއްޗެއް ބުނުމުގެ ކުރިން ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑުޔާރު ވަނީ މި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ ފަރީދު އެއްްވެސް އެއްޗެއް ބުނަން ބޭނުންވޭތޯ ފުރުސަތު ދީފަ އެވެ. ނަމަވެސް ކޯޓުގައި ފަރީދު މިއަދު ބުނީ އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk