
ވޭވަށުގެ އިންތިޙާބުގެ މައްސަލަ އަށް މިއަދު ގޮތެއް ނިންމަނީ

ރިޟްވާން މޫސާ - 11 ޖޫން 2026 - 06:20
މ. ވޭވަށު ކައުންސިލްގެ އިންތިހާބުގެ މައްސަލަ ނިންމަން ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.
މި މައްސަލަ އަކީ މ. ވޭވަށު ކައުންސިލްގެ އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮނޑި، ހައިކޯޓުގެ ހުކުމަކާއެކު ޕީއެންސީ ކެންޑިޑޭޓަކަށް ލިބުނު މައްސަލައިގެ ސްޕްރީމް ކޯޓަށް ހުށައަޅައި ގޮތެއް ނިންމުމަށް ބޭއްވި އިސްތިއުނާފުގެ މައްސަލަ އެކެވެ.
މި މައްސަލަ ސުޕްރީމް ކޯޓުން ނިންމަން ތާވަލުކޮށްފައި އޮތީ ހެނދުނު 10:30 އަށެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި ބަލަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ހުސެއިން ޝަހީދު އަދި މުހައްމަދު ސަލީމްއެވެ.
އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލެއިންސް ބިއުރޯ އަށް މި މައްސަލަ ހުށައެޅުމުން އިލެކްޝަން ކޮމިޝަނުން ވަނީ އަލުން ވޯޓުތައް ގުނާފަ އެވެ. ވޯޓު އަލުން ގުނުމުން ކޮންމެ ކެންޑިޑޭޓަކަށް ލިބުނު ވޯޓުގެ އަދަދުން އެއް ވޯޓު މަދުވި ނަމަވެސް، މޮޅުވި ކެންޑިޑޭޓު އޭރު ބަދަލު ވެފައެއް ނުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

"ބޭނުމީ ޝުހާދު މެރި މީހުން ވެސް މަރަން" ޝުހާދުގެ މަންމަ އާއި ބައްޕަ
ގަޑިއިރެއް ކުރިން
.jpeg&w=3840&q=75)
ހުރިހައި އަތޮޅު ކައުންސިލްތަކެއްގެ އެސްޖީންތައް މަގާމުން ވަކިކޮށްފި!
ގަޑިއިރެއް ކުރިން

ވޯލްޑް ކަޕް 2026: މުޅި ދުނިޔެ ފާހަގަކުރާ ފުޓްބޯޅައިގެ ކުލަގަދަ އީދެއް!
3 ގަޑިއިރު ކުރިން

ވޯލްޑް ކަޕްގައި ރައީސް، ތާއީދުކުރައްވަނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއަށް!
3 ގަޑިއިރު ކުރިން


.gif&w=3840&q=75)