
މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ 17 ޕަސެންޓަށް ދަށަށް ހިނގައްޖެ

އާމިނަތު ޝަޒްލާ - 11 ޖޫން 2026 - 07:23
ނިމިދިޔަ މަހު ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ 17 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އިނލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިދިޔަ މެއި މަހު ދައުލަތަށް ޑޮލަރުން ލިބިފައިވަނީ 89 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 105 މިލިއަން ޑޮލަރާ އަޅާބަލާއިރު ފާހަގަކުރެވޭ ވަރުގެ ދަށްވުމެކެވެ.
ޑޮލަރުން ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޓީޖީއެސްޓީ، ގްރީން ޓެކްސް، ޑިޕާޗާ ޓެކްސް އަދި އެއާޕޯޓް ޑިވަލޮޕްމެންޓް ފީން ލިބުނު މިންވަރު މަދުވުން ހިމެނެއެވެ. ޚާއްޞަކޮށް، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކުގެ އަސަރު އާމްދަނީއަށް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ތަފްސީލީ ގޮތެއްގައި ބަލާއިރު، މެއި މަހު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 756 މިލިއަން ރުފިޔާއަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 21 އިންސައްތައިގެ ދަށްވުމެކެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 139 މިލިއަން ރުފިޔާއަކީ 32 އިންސައްތައިގެ ދަށްވުމެކެވެ. މީގެ އިތުރުން، ޑިޕާޗާ ޓެކްސްގެ ގޮތުގައި 156 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބިފައިވަނީ 158 މިލިއަން ރުފިޔާއެވެ.
ދައުލަތުގެ ޖުމްލަ އާމްދަނީއަށް ބަލާއިރުވެސް ވަނީ ފަސް އިންސައްތައިގެ ހީނަރުކަމެއް އައިސްފައެވެ. އެގޮތުން މިދިޔަ މަހު ޖުމްލަ އާމްދަނީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ހުރީ 2.1 ބިލިއަން ރުފިޔާގައެވެ.
ގުޅުން ހުރި ޙަބަރުތައް

ތިނަދޫގައި އޮޕަރޭޝަން ޑޮކްޓަރުންގެ ހާއްސަ ކޭމްޕެއް ފަށައިފި
ގަޑިއިރެއް ކުރިން

ނަސަންދުރަ ސަރަހައްދުގަ އޮންނަ ޖެޓީއަށް ފެރީތައް ކައިރިކުރުމަށް ހުއްދައެއް!
2 ގަޑިއިރު ކުރިން

އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން، އެސްޖީން މަގާމުން ވަކިކޮށްފި
2 ގަޑިއިރު ކުރިން

އެމްއެންޔޫގެ މަލްޓި ޕާޕަސް ބިލްޑިންގެ ބިންގާ އަޅައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)