logo

ޝަމްއާންގެ ތަހުގީގު ހިންގީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއެކު: ފުލުހުން

profile

މުޙައްމަދު ފަޟްލޫން - 11 ޖޫން 2026 - 14:22

ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަޙީދުގެ މައްސަލަ ފުލުހުން ތަޙުގީގު ކޮށްފައިވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ހަމައެކަނި ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

https://wamco.com.mv/

ޝަމްޢާންގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކާ ގުޅިގެން، އޭނާ މީޑިއާއަށް ދިން ބަޔާނެއްގައި ދާޚިލީ ވަޒީރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުކޮށްފައިވާތީ، ފުލުހުން ނެރުނު ބަޔާނެއްގައި އެކަމުގެ ތަފްސީލުތައް ވަނީ ހިއްސާކޮށްފައެވެ.

ޝަމްއާނާއި އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގުޅިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނުހައްޤު މާލީ މަންފާ ހޯދައި، އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑަރިންގެ ޢަމަލުތައް ހިންގާފައިވާކަމުގެ ތުހުމަތުގައި ކުރި ތަހުގީގަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސްފައިވާ ތަހުގީގެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި މައްސަލައިގެ ތަހުގީގު ފެށުނީއްސުރެ އެކި މަރުޙަލާތަކުގައި ލިބުނު ކުރިއެރުންތަކާއި ހޯދުންތައް މީޑިއާއާ ހިއްސާކުރަމުން ގޮސްފައިވާނެކަމަށް ފުލުހުން ފާހަގަކުރިއެވެ. އިމިގްރޭޝަނުން ހިންގި ވަކި އޮޕަރޭޝަނެއް ރޭވުމުގެ މަރުޙަލާއިން ފެށިގެން އެކަން ތަންފީޒުކުރުމާ ހަމައަށް ހިނގާދިޔަ ހުރިހާ ކަމެއް ޝަމްޢާނަށް އެނގިވަޑައިގަންނަވާކަން ތަހުގީގަށް ލިބުނު މަޢުލޫމާތުން ކަށަވަރުވެފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ޝަމްއާން 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް ދައުލަތުން ކުރާ 3 ދައުވާވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވުމާއި ގުޅިގެންނެވެ.

ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑަރ ކުރުމާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ އިތުރުން ފޭރުމުގައި ބައިވެރިވި ކަމުގެ ދައުވާ ހިމެނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk