
މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5,500 ރުފިޔާ ބަހައިފި

މުޙައްމަދު ފަޟްލޫން - 11 ޖޫން 2026 - 14:20
މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި، ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް -/5،500 ރުފިޔާގެ މަގުން މޯލްޑިވްސް ޒަކާތު ހައުސްއިން ފައިސާ ދޫކޮށްފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ހުރިހާ ފަރާތްތަކަށް މިހާރު ވަނީ ޒަކާތުގެ ފައިސާ ޖަމާކޮށް ނިންމައިފައެވެ. މި ބުރުގައި ޖުމުލަ 2،384 މީހުންނަށް ޒަކާތުގެ ފައިސާ ދޫކޮށްފައިވެއެވެ.
މުދަލު ޒަކާތުގެ ގޮތުގައި މިފަހަރު ބެހި ފައިސާގެ ޖުމުލަ އަދަދަކީ 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަ ހާސް) ރުފިޔާއެވެ.
ޒަކާތު ހައުސްއިން ފާހަގަކުރި ގޮތުގައި، މިއަހަރު ބޮލަކަށް ޖެހުނު -/5،500 ރުފިޔާއަކީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
މިއީ ރާއްޖޭގައި މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ބެހި އެންމެ ގިނަ ފައިސާކަން ވެސް އެ އިދާރާއިން ފާހަގަކުރެއެވެ.
އިސްލާމްދީނުގެ މުހިންމު ރުކުނެއް ކަމުގައިވާ މުދަލު ޒަކާތުގެ ފައިސާ، އޭގެ ހައްގުވެރިންނަށް އިންސާފުވެރިކަމާއެކު ފޯރުކޮށްދިނުމަކީ ޒަކާތު ހައުސްގެ މައިގަނޑު އެއް މަސްއޫލިއްޔަތެވެ. މިއަހަރު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު އަދަދު އިތުރުވުމަކީ، ފަގީރުންނާއި މިސްކީނުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު އެހީތެރިކަމެކެވެ.
މުދަލު ޒަކާތުގެ ނިސޯބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގައެވެ.
މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ މިންވަރަކީ 9,353.40 ރުފިޔާއެވެ.
މުދަލު ޒަކާތް ވާޖިބުވަނީ، ނިސޯބު ހަމަވާ މިންވަރަށް އަތުގައި ފައިސާ ނުވަތަ މުދާ ހުރެ، އެ ތަކެތީގެ މައްޗަށް ހިޖުރީ ގޮތުން އެއް އަހަރު ފުރިހަމަވުމުންނެވެ.
ޒަކާތުގެ ގޮތުގައި ނެރެންޖެހެނީ ޖުމްލަ މުދަލުގެ ސާޅީސްބައިކުޅަ އެއްބައި ނުވަތަ 2.5 އިންސައްތައެވެ.
ގުޅުން ހުރި ޙަބަރުތައް

ކުވެއިތުގެ ވައިގެ ސަރަހައްދު އަލުން ހުޅުވައިފި
4 ގަޑިއިރު ކުރިން
.png&w=3840&q=75)
ޝަމްއާންގެ ތަހުގީގު ހިންގީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއެކު: ފުލުހުން
4 ގަޑިއިރު ކުރިން

ނައިބު ރައީސް ޖަޕާނުގެ ސަފީރާއި ބައްދަލުކުރައްވައިފި
4 ގަޑިއިރު ކުރިން

މިހާތަނަށް 1.6 މިލިއަން މީހުން އާރުޓީއެލް ހިދުމަތް ބޭނުންކޮށްފި
8 ގަޑިއިރު ކުރިން


.gif&w=3840&q=75)