logo

ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކުން ހިދުމަތްދޭ ވަގުތު އިތުރުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 11 ޖޫން 2026 - 19:09

ހައްޖުވެރިންނަށް ހާއްސަކޮށް ގެން ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވާފައިވާ ފްލޫ ކްލިނިކުން ހިދުމަތް ދޭ ވަގުތު އިތުރުކޮށްފިއެވެ.

https://wamco.com.mv/

ހުޅުމާލެ ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި، ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 22:00 އާ ހަމައަށް މިހާރު މި ކްލިނިކުން ޚިދުމަތް ލިބޭނެއެވެ. މީގެ ކުރިން މި ޚިދުމަތް ދިނުމަށް ކަނޑައަޅާފައި އޮތީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން ރޭގަނޑު 22:00 އަށެވެ.

ހުން އައުމާއި ރޯގާގެ އެއްވެސް އަލާމާތެއް ފެންނަ ފަރާތްތަކުން، ހޮސްޕިޓަލުގެ މައި ދޮރާށި ކައިރީގައި ގާއިމުކޮށްފައިވާ ސްކްރީނިންގް ޑެސްކަށް ވަޑައިގަތުމަށް ހޮސްޕިޓަލުން އިރުޝާދު ދެއެވެ. އަދި ކްލިނިކަށް ވަޑައިގަންނަވާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުއްވުމަށްވެސް ހޮސްޕިޓަލުން ވަނީ ހަނދާންކޮށްދީފައެވެ.

މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވި 1,019 ހައްޖުވެރިންވެސް މިހާރު ވަނީ އަޅުކަން ނިންމުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk