logo
މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު / ފޮޓޯ: މަޖިލިސް

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު / ފޮޓޯ: މަޖިލިސް

އިޖްތިމާއީ ކޮމިޓީގައި އަސްމާ ހިމަނައި މުގައްރިރުކަން ދީފި

profile

މުޙައްމަދު ފަޟްލޫން - 29 އޭޕްރީލު 2026 - 09:41

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގެ މުގައްރިރަކަށް މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އަލުން އައްޔަންކުރައްވައިފިއެވެ.

https://wamco.com.mv/

ކައުންސިލް އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ޕީއެންސީގެ ލީޑަޝިޕާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކަކާ ގުޅިގެން، އަސްމާ ވަނީ މީގެކުރިން އެ ކޮމިޓީގެ މެންބަރުކަމުންނާއި މުޤައްރިރުކަމުން ވަކިކުރައްވާފައެވެ. އޭރު އެ ކޮމިޓީގެ މުޤައްރިރުކަމަށް އައްޔަންކުރެއްވީ ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީއެވެ.

ނަމަވެސް، އަސްމާ ރަޝީދު މިހާރު ވަނީ އަލުން އެ ކޮމިޓީގެ މެންބަރުކަމަށް ބަދަލުކުރައްވައި، މުގައްރިރުކަމުގެ މަސްއޫލިއްޔަތު އޭނާއާ އަލުން ޙަވާލުކުރައްވާފައެވެ.

އެގޮތުން، މިއަދު ބޭއްވި އިޖުތިމާޢީ ކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީވެސް އަސްމާ ރަޝީދެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk