logo

ހުވަނީގެ އުނދަގޫ ބޮޑުވެ ތިނަދޫގައި ފޮގްކުރުމުގެ ހަރަކާތެއް ކައުންސިލުން ކުރިއަށް ގެންގޮސްފި

profile

މުޙައްމަދު ފަޟްލޫން - 08 ޖުލައި 2026 - 14:19

ހުވަނީގެ އުނދަގޫ ބޮޑުވުމާއި ގުޅިގެން ތިނަދޫސިޓީ ގައި ފޮގްކުރުމުގެ ހަރަކާތެއް ކައުންސިލުން ކުރިއަށް ގެންގޮސްފިއެވެ.

https://wamco.com.mv/

ތިނަދޫ ކައުންސިލުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ހުވަނީގެ އުނދަގޫ އެ ސިޓީގައި ބޮޑުވެފައިވާތީ އެކަމަށް ހައްލެއް ގެނައުމަށް ފޮގް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަަމަށެވެ.

ތިނަދޫ ސިޓީ ކައުންސިލުން ވަނީ ފޮގް ކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

ހުވަނީގެ ސަބަބުން އާއްމުންނަށް ކުރިމަތިވަމުންދާ ގެއްލުމާއި ނުރައްކަލުން ސަލާމަތްކޮށް ތިނަދޫ ސިޓީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކައުންސިލްގެ އެންމެ މުހިއްމު އެއް ޒިންމާ އާއި މަގްސަދު ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk