logo

އެކައުންޓިންގ ދާއިރާ ކުރިއަރުވަން އެލައިޑާއި ސީއޭ މޯލްޑިވްސް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި

profile

މުޙައްމަދު ފަޟްލޫން - 08 ޖުލައި 2026 - 14:06

ދިވެހިރާއްޖޭގެ އެކައުންޓިން ދާއިރާ އިތުރަށް ހަރުދަނާކޮށް، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ މެންބަރުންނަށް ފޯރުކޮށްދޭ އިނާޔަތްތައް ފުޅާކުރުމުގެ މަގުސަދުގައި އެލައިޑް އިންޝުއަރެންސްއާ އެކު އިސްތިރާޖީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

https://wamco.com.mv/

އެލައިޑް އިންޝުއަރެންސްގެ މައި އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ފައިނޭންޝިއަލް އޮފިސަރު އާދަމް އާތިފެވެ.

ސީއޭ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ އެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާދަމް އާތިފް ވިދާޅުވީ، ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް ލައިސަންސް ހޯދުމަށް މަޖުބޫރުވާ 'ޕްރޮފެޝަނަލް އިންޑެމްނިޓީ ތަކާފުލް' ކަވަރޭޖް އެލައިޑް ތަކާފުލް މެދުވެރިކޮށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، އެ އިންސްޓިޓިއުޓްގެ މެންބަރުންނާއި މުވައްޒަފުންނަށް ހާއްސަ އަގުތަކެއްގައި 'ގްރޫޕް ހެލްތު އިންޝުއަރެންސް' ފޯރުކޮށްދިނުމަށް މި ފަހުމުނާމާގައި ހިމަނާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސީއޭ މޯލްޑިވްސްގެ ރައީސް ހަލީމް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން މެންބަރުންނަށް ލުއި އަގުތަކެއްގައި އިންޝުއަރެންސްގެ ހިދުމަތްތައް ލިބިގެންދިއުމަކީ އެ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކާއި ކުރިއެރުމެކެވެ.

އެލައިޑް އިންޝުއަރެންސްއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ސީއޭ މޯލްޑިވްސްގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި، ރާއްޖޭގެ މާލީ ސިނާއަތުގެ މިންގަނޑުތައް ހަރުދަނާކޮށް، ދެފުށް ފެންނަ އިތުބާރު ހުރި މާލީ ނިޒާމެއް ބިނާކުރުމަށް އެހީތެރިވެދިނުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk