logo

ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ މެޑަމް ސާޖިދާ ފޮނުއްވައިފި

profile

މުޙައްމަދު ފަޟްލޫން - 08 ޖުލައި 2026 - 12:22

ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ އުފާވެރި މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ދިވެހި ލިޔުންތެރިންނަށާއި އަދަބީ ދާއިރާގެ ހިދުމަތްތެރިންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

https://wamco.com.mv/

އެކަމަނާގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިބަހުގެ އަދަބިއްޔާތާއި ލިޔުންތެރިކަން ކުރިއެރުވުމަށްޓަކައި ނުހަނު އިހުލާސްތެރި ބުރަ މަސައްކަތްތަކެއް ކޮށްދެއްވާ އެންމެހައި ލޮބުވެތި އުހުތުންނާއި އަހުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ.

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހަކީ ރާއްޖޭގައި ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ކުލަގަދަކޮށް ފާހަގަކުރަމުންދާ ދުވަހެކެވެ.

މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ބަހާއި އަދަބިއްޔާތު ކުރިއަރުވައި، މުޖުތަމައު ހޭލުންތެރިކުރުވުމަށް ލިޔުންތެރިން އަދާކުރާ އަގުނުކުރެވޭފަދަ މުހިންމު ދައުރުގެ އަގުވަޒަންކުރުމެވެ.

މީގެ އިތުރުން، އާ ޖީލުތަކުގެ މެދުގައި ލިޔުންތެރިކަމަށް ޝައުގުވެރިކަން އުފައްދައި، އެ ރޮނގުން ކުރިއަށްދިއުމަށް ހިތްވަރު ދިނުމަކީވެސް މި ދުވަހުގެ އެއް މަގުސަދެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk