
ހޯރަފުށީގައި ގަވާއިދާ ހިލާފަށް ބިން ދޫކުރި މައްސަލައިގައި ކުރީގެ ކައުންސިލަރުންނަށް ދައުވާ ކުރަނީ

މުޙައްމަދު ފަޟްލޫން - 08 ޖުލައި 2026 - 13:44
ހއ. ހޯރަފުށީގައި އުސޫލުތަކާ ޚިލާފަށް ބިން ދޫކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެ ރަށު ކައުންސިލްގެ ކުރީގެ މެންބަރުންގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުއެވެ. އަދި ޕީޖީ އޮފީހުން މިހާރު ވަނީ މި މައްސަލަ ބަލައިގެންފައެވެ.
މި ތަހުގީގަކީ ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް އަށް 5،000 އަކަފޫޓުގެ ބިމެއް ގަވާއިދާ ހިލާފަށް ދޫކޮށްފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވާ ބޭފުޅުންގެ ތެރޭގައި:
ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ރައީސް މުޙައްމަދު ވަޙީދާއި ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަހްމަދު އިމްދާހު އާއި ކައުންސިލްގެ ކުރީގެ މެމްބަރު އިބްރާހިމް ޝާކިރު އާއި ކައުންސިލްގެ ކުރީގެ މެމްބަރު އަހްމަދު ރައޫފް އާއި ކައުންސިލްގެ ކުރީގެ މެމްބަރު މަރިޔަމް ވަކީލާ އާއި ކައުންސިލްގެ ކުރީގެ މެމްބަރު އާމިނަތު ވިސާމާގެ އިތުރުން ކައުންސިލްގެ ކުރީގެ މެމްބަރު އާމިނަތު ނާސިހާ އެވެ.
މި ބޭފުޅުންގެ މައްޗަށް ދައުވާކުރުމަށް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. އެގޮތުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާގެ އިތުރުން، ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ހިމެނޭ ކަމަށް އޭސީސީން ހާމަކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހުވަނީގެ އުނދަގޫ ބޮޑުވާތީ ތިނަދޫގައި ފޮގްކުރުމުގެ ހަރަކާތެއް ކައުންސިލުން ކުރިއަށް ގެންގޮސްފި
4 ގަޑިއިރު ކުރިން

އެކައުންޓިންގ ދާއިރާ ކުރިއަރުވަން އެލައިޑާއި ސީއޭ މޯލްޑިވްސް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި
4 ގަޑިއިރު ކުރިން

ޚާމަނާއީގެ ހަށިކޮޅު ޢިރާގުގެ ނަޖަފަށް ގެންގޮސްފި
6 ގަޑިއިރު ކުރިން

ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ މެޑަމް ސާޖިދާ ފޮނުއްވައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)