
އީރާނުގެ ކުރީގެ މުރުޝިދު އާޔަތުﷲ ސައްޔިދު ޢަލީ ހާމަނާއީ
ޚާމަނާއީގެ ހަށިކޮޅު ޢިރާގުގެ ނަޖަފަށް ގެންގޮސްފި

މުޙައްމަދު ފަޟްލޫން - 08 ޖުލައި 2026 - 12:22
އީރާނުގެ ކުރީގެ މުރުޝިދު އާޔަތުﷲ ސައްޔިދު ޢަލީ ޚާމަނާއީގެ ހަށިކޮޅު، ޖަނާޒާގެ ރަސްމިއްޔާތުތަކަށް އިރާޤުގެ ނަޖަފަށް ގެންގޮސްފިއެވެ.
ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން ގުޅިގެން ދިން ލާއިންސާނީ ޙަމަލާއެއްގައި ޝަހީދުކޮށްލާފައިވާ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް އީރާނުގައި ފަށާފައިވަނީ ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ.
އީރާނުގައި ބޭއްވުނު ރަސްމިއްޔާތުތަކަށްފަހު، ޖުލައި 7 ވަނަ ދުވަހު އޭނާގެ ހަށިކޮޅު ވަނީ ޝިޔަޢީ މުސްލިމުންގެ މުޤައްދަސް ސަހަރެއް ކަމަށްވާ ނަޖަފަށް ގެންދެވިފައެވެ.
ނަޖަފުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގައި ބޭއްވުނު ރަސްމީ އިސްތިޤުބާލުގައި، ޚާމަނާއީގެ ހަށިކޮޅާ ޙަވާލުވެވަޑައިގަތީ އިރާޤުގެ ބޮޑުވަޒީރު ޢަލީ އަލް ޒަޔިދީއެވެ.
މި ރަސްމިއްޔާތުގައި އިރާޤުގެ ސިޔާސީ އިސް ބޭފުޅުންނާއި ޝިޔަޢީ މަޛުހަބުގެ ފުންނާބުއުސް ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަނާޒާގެ ކަންކަން ކުރިއަށްދާއިރު، ޖުލައި 8 ވަނަ ދުވަހު ނަޖަފުގައި އާންމުންނަށް މޫނު ދެއްކުމުގެ ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، މިފަދަ ކުލަގަދަ އަދި ބޮޑު ޖަނާޒާއެއް ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ، ގާތްގަނޑަކަށް ސާޅީސް އަހަރު ވަންދެން އީރާނުގެ އެންމެ މަތީ ވެރިޔާގެ މަޤާމުގައި އޭނާ ހޯއްދެވި ކާމިޔާބީތަކުގެ އަގުވަޒަންކުރުމެވެ.
ހަމައެއާއެކު، އީރާނުގެ ދައުލަތުގެ ވަރުގަދަކަމާއި ސާބިތުކަން ބައިނަލްއަޤުވާމީ މުޖުތަމަޢަށް ހާމަކޮށްދިނުމަކީވެސް މިކަމުގެ ބޭނުމެއް ކަމުގައި އެފަރާތްތަކުން ފާހަގަކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހުވަނީގެ އުނދަގޫ ބޮޑުވާތީ ތިނަދޫގައި ފޮގްކުރުމުގެ ހަރަކާތެއް ކައުންސިލުން ކުރިއަށް ގެންގޮސްފި
4 ގަޑިއިރު ކުރިން

އެކައުންޓިންގ ދާއިރާ ކުރިއަރުވަން އެލައިޑާއި ސީއޭ މޯލްޑިވްސް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި
4 ގަޑިއިރު ކުރިން

ހޯރަފުށީގައި ގަވާއިދާ ހިލާފަށް ބިން ދޫކުރި މައްސަލައިގައި ކުރީގެ ކައުންސިލަރުންނަށް ދައުވާ ކުރަނީ
4 ގަޑިއިރު ކުރިން

ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ މެޑަމް ސާޖިދާ ފޮނުއްވައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)