logo

ގައްދޫން މަހަށް ގޮސް އުޅެނިކޮށް ގެއްލުނު މީހަކު ނިޔާވެއްޖެ

profile

އާމިނަތު ޝަޒްލާ - 07 ޖޫން 2026 - 05:11

ގދ. ގައްދޫ ކައިރިއަށް އެން ނަގަން ޑައިވިނަށް ގޮސް އުޅުނު މީހަކު މިއަދު މަރުވެއްޖެއެވެ.

https://wamco.com.mv/

ފުލުހުންގެ ޚިދުމަތުން ބުނީ، މަހަށް ގޮސް އުޅުނު މަސްދޯންޏަކުން މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު 2026 ޖޫން 7 ވަނަ ދުވަހުގެ ފަތިހު 05:40 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ގެއްލިގެން ހޯދުމަށް ކުރި މަސައްކަތުން، އޭނާ ފެނިފައިވަނީ މޫދު އަޑީގައި އޮއްވާ ކަމަށެވެ. އޭނާ ފެނުމާއެކު ން ގދ. ގައްދޫއަށް ގެންގޮސްފައިވާ ކަމަށާ، ގައްދޫ ސިއްހީ މަރުކަޒަށް އޭނާ ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ބުނެފައިވެއެވެ.

އޭނާ ހޯދުމަށް ކުރި މަސައްކަތުން، މޫދު އަޑީގައި އޮއްވާ ފެނިފައިވާ ކަމަށާއި އޭނާ މިހާރު ވަނީ ގދ. ގައްދޫއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެ މީހާގެ ހާލަތާ މެދު ފުލުހުން އިތުރު ތަފްސީލެއް ނުދެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk