logo

ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން މަޖިލީހަށް ހުށަހަޅައިފި

profile

މުޙައްމަދު ފަޟްލޫން - 21 ޖޫން 2026 - 15:02

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.

https://wamco.com.mv/

ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި މި އިސްލާހުގައިވާ ގޮތުން، ވަކިވަކި ސިނގިރޭޓާއި، ބިޑި އަދި ހީޓަޑް ޓޮބޭކޯ ފަދަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން، މި ތަކެތީގެ އެޑްވެލޮރަމް ޑިއުޓީގެ ރޭޓަކީ 30 އިންސައްތަ ކަމުގައި ކަނޑައެޅުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

މި އިސްލާހު ހުށަހެޅުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތިން ޑިއުޓީ އިސްތިސްނާކުރުން ހިމެނެއެވެ.

މީގެ ކުރިން 3.30 ރުފިޔާގައި ހުރި ސިނގިރޭޓް ޑިއުޓީ، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ސަރުކާރުން ވަނީ 8 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މިހާރު ހުށަހެޅިފައިވާ އިސްލާހަކީ އެ އަދަދު އަލުން މުރާޖައާކޮށް، 4 ރުފިޔާއަށް ބަދަލުކުރުމަށް ހުށަހެޅުނު އިސްލާހެކެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ބިލެއް ހުށަހަޅާފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފަޔާ އެއްގޮތަށް ޑިއުޓީ 4 ރުފިޔާއަށް ބަދަލުކުރުމާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ރަސްމީ މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާކަން ސަރުކާރުން މިދިޔަ މޭ މަހު ވަނީ ހާމަކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk