
ޖަލުތަކުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްދަނީ ކުރަމުން: ކޮމިޝަނަރ އޮފް ޕްރިޒަންސް

މުޙައްމަދު ފަޟްލޫން - 21 ޖޫން 2026 - 12:23
ޖަލުތަކުގެހާލަތު ރަނގަޅުކޮށް، ކުރިމަތިވެފައިވާ އެކި މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޖަލުތައް އިސްލާހުކުރުމަށް ފަށާފައިވާ ހަރުދަނާ މަސައްކަތްތަކުގެ ހެޔޮ ބަދަލުތައް މިހާރު ވަނީ ފެންނަން ފަށާފައިވާ ކަމަށް ޒަރީރު ވަނީ ވިދާޅުވެފައެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަންސްގެ މަގާމާއި ހަވާލުވެވަޑައިގަތްއިރު އިސްލާހުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި ޒަރީރު ވިދާޅުވީ، ޖަލުތަކުގެ ޖާގަ އިތުރުކުރުމާއި، އޮފިސަރުން ތަމްރީނުކޮށް ވަޒީފާއަށް ނެރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެމުންދާ ކަމަށެވެ.
ކަރެކްޝަނަލް ސާވިސްގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އިންސްޓިޓިއުޓް އޮފް ކަރެކްޝަނަލް ސްޓަޑީޒް މެދުވެރިކޮށް ޖަލުތަކުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާކަމަށް ޒަރީރު ވިދާޅުވިއެވެ.
ކަރެކްޝަނަލް ސަރވިސްގެ ފެންވަރު މަތިކުރުމަކީ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ޒަރީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުން ޖަލުތަކުގެ ކެޕޭސިޓީ އިތުރުކުރެވި، އުންމީދީ ނަތީޖާތަކެއް ހާސިލުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ މަރުކަޒީ ޖަލެއް (ސެންޓްރަލް ޖަލެއް) ބިނާކޮށް، މިހާރު އެކި ސަރަޙައްދުތަކުގައި ހުރި ޖަލުތަކުން ދެމުންދާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުން ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން މަޖިލީހަށް ހުށަހަޅައިފި
3 ގަޑިއިރު ކުރިން

ރަޖިސްޓްރީ ނުކޮށް ސަނަދުތަކެއް ދޫކުރުމުން އެވިޑް ކޮލެޖް ޖޫރިމަނާކޮށްފި
4 ގަޑިއިރު ކުރިން

ޔޫއޭއީން 786 ޓަނުގެ އިންސާނީ އެހީ ޣައްޒާ އަށް ފޮނުވައިފި
5 ގަޑިއިރު ކުރިން

ހުސްވި މަހު ކުޑަކުދިންނާއި ގުޅުންހުރި 81 މައްސަލަ ރިޕޯޓްކޮށްފައިވޭ: ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)