
ޔޫއޭއީން 786 ޓަނުގެ އިންސާނީ އެހީ ޣައްޒާ އަށް ފޮނުވައިފި

މުޙައްމަދު ފަޟްލޫން - 21 ޖޫން 2026 - 13:10
ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ޔޫއޭއީން 786 ޓަނުގެ އިންސާނީ އެހީ ފޮނުވައިފިއެވެ.
ޔޫއޭއީން ކުރިއަށްގެންދާ އޮޕަރޭޝަން ޗައިވަލްރަސް ނައިޓް 3 ގެ ދަށުން، ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް މި ހަފުތާގެ ތެރޭގައި 786 ޓަނުގެ އެހީއާއެކު 5 ކޮންވޯއީއެއް ވަނީ ޣައްޒާއަށް ވަދެފައެވެ.
މި އެހީގެ ތެރޭގައި ކާބޯތަކެއްޗާއި ވަގުތީ ހިޔާވަހިކަމަށް ބޭނުންވާ ސާމާނު ހިމެނޭހެން ޖުމްލަ 64 ޓްރަކް ހިމެނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ.
މިޞްރުގެ އަލް އަރީޝްގައި ހަރަކާތްތެރިވާ ޔޫއޭއީގެ އިންސާނީ އެހީގެ ޓީމުން ދަނީ، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށްޓަކައި ހަރުދަނާ ނިޒާމެއްގެ ދަށުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.
މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ވީހާވެސް އަވަހަށް ތަކެތި ފޯރުކޮށްދިނުމެވެ.
މި ކޮންވޯއީތަކަކީ މިހާރު ޣައްޒާގައި އޮތް ނާޒުކު އިންސާނީ ހާލަތާ ގުޅިގެން، އެ ސަރަހައްދުގެ އާއިލާތަކަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް ލުޔެއް ހޯދައިދީ، ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް ޔޫއޭއީން ކުރަމުންދާ މެދުކެނޑުމެއްނެތް މަސައްކަތުގެ ބައެކެވެ.
މި އެހީތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދަނީ މިސްރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، އެހީގެ ތަކެތި ޣައްޒާއަށް ވައްދައި ބެހުމުގެ ކަންކަން އެންމެ ފުރިހަމަ ގޮތެއްގައި ހަރުދަނާކުރުމަށްޓަކައެވެ.
ގުޅުން ހުރި ޙަބަރުތައް

ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން މަޖިލީހަށް ހުށަހަޅައިފި
3 ގަޑިއިރު ކުރިން

ރަޖިސްޓްރީ ނުކޮށް ސަނަދުތަކެއް ދޫކުރުމުން އެވިޑް ކޮލެޖް ޖޫރިމަނާކޮށްފި
4 ގަޑިއިރު ކުރިން

ހުސްވި މަހު ކުޑަކުދިންނާއި ގުޅުންހުރި 81 މައްސަލަ ރިޕޯޓްކޮށްފައިވޭ: ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ
5 ގަޑިއިރު ކުރިން

ޖަލުތަކުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްދަނީ ކުރަމުން: ކޮމިޝަނަރ އޮފް ޕްރިޒަންސް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)