
ހުސްވި މަހު ކުޑަކުދިންނާއި ގުޅުންހުރި 81 މައްސަލަ ރިޕޯޓްކޮށްފައިވޭ: ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ

މުޙައްމަދު ފަޟްލޫން - 21 ޖޫން 2026 - 13:10
ހުސްވި މަހު ކުޑަކުދިންނާއި ގުޅުންހުރި 81 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން ބުނެފިއެވެ.
ވޭތުވެދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 25 މައްސަލަ ހުށަހަޅާފައިވާ ކަމަށް އާއިލާ އާއި އިޖްތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ތެރޭގައި 6 ފިރިހެން ކުދިންނާއި 19 އަންހެން ކުއްޖަކު ހިމެނެއެވެ.
ކުޑަކުދިންނަށް އަޅާނުލުމުގެ 18 މައްސަލަ ރިޕޯޓްކޮށްފައިވާއިރު ކުޑަކުދިންނަށް ނަފްސާނީ އަނިޔާ ދިނުމުގެ 12 މައްސަލަ ހުސްވި މަހު އާއިލާ އާއި އިޖްތިމާއީ އެހީއާ ބެހޭ ވުޒާރާ އަށް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ޖިސްމާނީ އަނިޔާ ކުރުމުގެ 8 މައްސަލައަކާއި ބުލީ ކުރުމުގެ 7 މައްސަލަ އާއި ސައިބަރ ބުލީ ކުރުމުގެ 4 މައްސަލަ ހުސްވި މަހުގެ ތެރޭގައި ރިޕޯޓް ކޮށްފައިވެއެވެ.
ކުދިންގެ އަހްލާގާއި ގުޅުންހުރި 44 މައްސަލަ ހުސްވި މަހު ރިޕޯޓްކޮށްފައިވާއިރު އޭގެ ތެރޭގައި ސްކޫލަށް ދާން އިންކާރުކުރުމާއި ގުޅުންހުރި 8 މައްސަލަ ހިމެނެއެވެ.
ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ މެދުވެރިކޮށް 161 ފަރާތަކަށް ކައުންސެލިންގ ދީފައިވާއިރު 44 ފަރާތަކަށް ޝައިކޯ ސޯޝަލް ސަޕޯޓް ދީފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ގުޅުން ހުރި ޙަބަރުތައް

ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން މަޖިލީހަށް ހުށަހަޅައިފި
3 ގަޑިއިރު ކުރިން

ރަޖިސްޓްރީ ނުކޮށް ސަނަދުތަކެއް ދޫކުރުމުން އެވިޑް ކޮލެޖް ޖޫރިމަނާކޮށްފި
4 ގަޑިއިރު ކުރިން

ޔޫއޭއީން 786 ޓަނުގެ އިންސާނީ އެހީ ޣައްޒާ އަށް ފޮނުވައިފި
5 ގަޑިއިރު ކުރިން

ޖަލުތަކުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްދަނީ ކުރަމުން: ކޮމިޝަނަރ އޮފް ޕްރިޒަންސް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)