
މެދުއިރުމަތީގެ ހަނގުރާމައިގައި އެމެރިކާގެ 42 ވައިގެ އުޅަނދު ގެއްލިޖެ!

ރިޟްވާން މޫސާ - 21 މޭ 2026 - 11:45
މަގުބޫލު އެއްވެސް ސަބަބެއްނެތި އީރާމާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ ޔަހޫދީ އިސްރާއިލާއެކު ކުރަމުން ދިޔަ ހަނގުރާމައިގެ ތެރެއިން އެމެރިކާގެ ހަތިޔާރު އެޅި 42 ވައިގެ އުޅަނދެއް ވީ ނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އެމެރިކާގެ ރަސްމީ ރިޕޯޓްތަކުން ބުނެފި އެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ހަމަލާ ދޭން ފަށާފައި ވަނީ ނިމިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހުގަ އެވެ. ނަމަވެސް މިވަގުތު ހަނގުރާމަ އޮތީ މުޅިން ހުއްޓުމަކަށް އަިއސްފަ އެވެ. އެހެން ނަމަވެސް އީރާނުން އެމެރިކާ އަށާއި، އިސްރާއީލަށް އަޅާފައިވާ ހަރުކަށި ފިޔަވަޅު ތަކަކަށް އަދި އެއްވެސް ހައްލެއް ގެނެސްފައެއް ނުވެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެމެރިކާ އަށާއި އިސްރާއީލަށް ދަތިކުރުމުގެ ގޮތުން އީރާނުގެ މަސްލަހަތު އޮންނަ ހުރުމުޒް ކަނޑު އޮޅި ވަނީ އެގައުމުތަކުގެ އުޅަނދުފަހަރަށް ނުވަދެވޭނެހެން ބަންދުކޮށްލާފަ އެވެ. އެމެރިކާ އާއި އީރާނުގެ ބައެއް ކުރިމަތިލުންތައް ވެސް މިހާރުވްސް މި ސަރަހައްދުތަކުގައި ހިނގަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.
އީރާނުން ދެމުން އައި ހަމަލާތައް ވަރުގަދަ ކުރުމުގެ ގޮތުން ގަލްފުގެ އެކި ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް އީރާނުން ވަނީ ޑްރޯނާއި މިސައިލް ބޭނުންކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހަށް އެކި ކަންކަމުގައި ދިރާސާތައް ހަދައިދޭ ކޮންގްރެޝަނަލް ރީސަރޗް ސަރވިސް (ސީއާރުއެސް)އިން ނެރުނު ރިޕޯޓެއްގައި ބުނީ، އީރާނާ ދެކޮޅަށް މި ޣައިރުޤާނޫނީ ހަނގުރާމަ ފެށި ފަހުން، ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ 42 އަސްކަރީ ވައިގެ އުޅަނދަކަށް ގެއްލުންވެފައިވާ ކަމަށެވެ. އޭގެތެރޭގައި، އެންމެ ފަހުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރާއި އަސްކަރީ ޑްރޯންތައް ހިމެނޭކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.
އެ ރިޕޯޓުގައި ބުނި ގޮތުގައި، އޭގެ ތެރެއިން އެއް ބައި އުޅަނދުތައް ވައްޓާލާފައިވާއިރު، އެހެން ބައެއް އުޅަނދުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
އެމެރިކާ އިން އީރާނާ ދެކޮޅަށް ކުރި ހަނގުރާމަިއގައި ގާތްގަނޑަކަށް 29 ބިލިއަން އެމެރިކާ ޑޮލަރު ހޭދަވެފައިވާ ކަމަށް ވެސް އެމެރިކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

މޫސުން ގޯސްވާތީ ސަމާލުވާން އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި!
3 ގަޑިއިރު ކުރިން

އަނިޔާވެރި ނަތަންޔާހޫ ހައްޔަރުކުރަން ދެކުނު ކޮރެޔާ އިން ގޮވާލައިފި
4 ގަޑިއިރު ކުރިން

އީރާނާ ދެކޮޅަށް ޓްރަމްޕް ކުރަމުންދާ ހަނގުރާމަ ހުއްޓުވަން ހުށަހެޅި ގަރާރުގެ މައްސަަލަ ކުރިއަށްގެންދަން އެމެރިކާގެ ސެނެޓުން ނިންމައިފި
ދުވަހެއް ކުރިން
ކާމިޔާބު ކަމާއެކު ހުރިހައި ހައްޖުވެރިންވެސް ފުރުވާލެވިއްޖެ: އެމްއޭސީއެލް
2 ދުވަސް ކުރިން


.gif&w=3840&q=75)