logo

އީރާނާ ދެކޮޅަށް ޓްރަމްޕް ކުރަމުންދާ ހަނގުރާމަ ހުއްޓުވަން ހުށަހެޅި ގަރާރުގެ މައްސަަލަ ކުރިއަށްގެންދަން އެމެރިކާގެ ސެނެޓުން ނިންމައިފި

profile

މުޙައްމަދު ފަޟްލޫން - 20 މޭ 2026 - 10:48

އެމެރިކާގެ ކޮންގްރެސްގެ ހުއްދަ ހޯދުމަކާ ނުލައި، ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ހުށަހެޅި ގަރާރެއްގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެމެރިކާގެ ސެނެޓުން ނިންމައިފިއެވެ.

https://wamco.com.mv/

މި ޤަރާރު ހުށަހެޅި ޑިމޮކްރެޓިކް ސެނެޓަރ ޓިމް ކޭން ބުނީ، ފެބްރުއަރީ 28 ގައި ފެށުނު ހަނގުރާމަ ނިންމުމަށް އީރާނުން އާ ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށް ރައީސް ބުނެފައިވާތީ، މިއީ ކޮންގްރެސްއާ މަޝްވަރާ ކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށެވެ. ނަމަވެސް ރައީސް ގެންދަނީ ސުލްޙައިގެ ހުށަހެޅުންތައް ކޮންގްރެސްއާ ހިއްސާކުރުމެއް ނެތި ބޮލާލައިޖަހަމުން ކަމަށް އޭނާ ތުހުމަތު ކުރިއެވެ.

1973 ވަނަ އަހަރު ފާސްކޮށްފައިވާ ވޯ ޕަވަރސް އެކްޓް ގެ ދަށުން، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް އަސްކަރީ ޙަރަކާތްތައް ކުރިއަށް ގެންދެވޭނީ ގިނަވެގެން 60 ދުވަހަށެވެ.

އެ މުއްދަތު ހަމަވުމުން ކޮންގްރެސްގެ ހުއްދަ ހޯދަންޖެހެއެވެ. އީރާނު ހަނގުރާމައަށް ދިން 60 ދުވަހުގެ މުއްދަތު މޭ މަހުގެ 1 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.

ރައީސް ޓްރަމްޕް މޭ 1 ގައި ބުނެފައިވަނީ އީރާނާއެކު އޮތް ދެކޮޅުވެރިކަން ސީޒްފަޔަރ އަކާއެކު ނިމިފައިވާ ކަމަށެވެ.

ނަމަވެސް، އޭގެ ފަހުންވެސް އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތައް ބްލޮކްކޮށް، އުޅަނދުތަކަށް ހަމަލާދެމުންނެވެ.

އީރާނުންވެސް ދަނީ ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށް، އެމެރިކާގެ އުޅަނދުތަކަށް ހަމަލާދެމުންނެވެ.

ވައިޓް ހައުސްއާއި ރިޕަބްލިކަން މެންބަރުން ދިފާއުގައި ބުނެފައިވަނީ ރައީސްގެ މި ޢަމަލުތަކަކީ އެމެރިކާގެ ސަލާމަތަށްޓަކައި ޤާނޫނީ އިމުގެ ތެރެއިން ކުރާ ކަންކަން ކަމަށެވެ. އަދި ޑިމޮކްރެޓުން މިފަދަ ގަރާރުތައް ހުށަހަޅަނީ ސިޔާސީ ބޭނުމެއްގައި ކަމަށްވެސް އެމީހުން ތުހުމަތު ކުރެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk