logo

ޢަބްދުﷲ ޖަލީލް އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 20 މޭ 2026 - 15:31

ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތަކަށް އިހްލާސްތެރި ހިދުމަތްތަކެއް ކުރެއްވި ހއ. ތުރާކުނު، އަބްދުﷲ ޖަލީލް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، މަރުޙޫމްގެ އާއިލާއަށާއި ތުރާކުނުގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.

ރައީސްގެ މެސެޖުގައި، ޢަބްދުﷲ ޖަލީލަކީ ތުރާކުނުގެ ކުޑަކަތީބުކަމާއި ކަތީބުކަމުގެ މަގާމު ފުރުއްވައި، ދިވެހި ދައުލަތަށް ނުހަނު ގިނަދުވަހު ހިދުމަތް ކުރެއްވި ބޭފުޅެއްކަން ވަނީ އިހްތިރާމާއެކު ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދުޢާއަކީ، މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމެވެ.

އަދި މި ހިތާމަވެރި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން މާތްﷲގެ ހަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk