logo

ޓެރިފް ކަނޑާލަން ނިންމުމުގެ ސަބަބުން އިނގިރޭސި ބާޒާރުގައި މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބޭނެ: ރައީސް

profile

މުޙައްމަދު ފަޟްލޫން - 20 މޭ 2026 - 12:13

ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް ކަނޑާލުމަކީ، އިނގިރޭސި ބާޒާރުގައި ދިވެހި މަހުގެ އުފެއްދުންތަކަށް އޮތް ފުރުސަތުތައް އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިއަދުން ފެށިގެން އަމަލުކުރަން ފެށި މި ނިންމުމާއެކު، ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ ބާވަތްތަކުން ކުރިން ނަގަމުން އައި ޓެރިފް ވަނީ އުނިކޮށްފައެވެ.

އިނގިރޭސިވިލާތުގެ މި ނިންމުމަށް މަރުޙަބާ ދަންނަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މިއީ ވޭތުވެދިޔަ 12 ވަރަކަށް އަހަރު ތެރޭގައި އެކި ސަރުކާރުތަކުން ހާސިލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ މުހިއްމު ކާމިޔާބީއެކެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މި ލުޔަކީ އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށް ލިބޭނެ ފަސޭހައެއްގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދާނެ އުންމީދީ ކުރިއެރުމެއް ކަމަށެވެ.

މި ބަދަލުގެ ސަބަބުން މަސްވެރިންގެ އާމްދަނީ އިތުރުވެ، ރަށްރަށުގެ އިޖުތިމާއީ އަދި އިގްތިސާދީ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި މަހުގެ ބާވަތްތަކަށް އިނގިރޭސިވިލާތުގެ ބާޒާރުގައި މިހާރަށްވުރެ ބޮޑު ޑިމާންޑެއް އުފެދި، ވިޔަފާރީގެ އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk