logo

ހެޔޮ ވެރިކަން ގެނައުމަށް ތިނަދޫ އަކީ އެންމެ ބުރަކޮށް މަސައްކަތްކުރި އެއްރަށް: ރައީސް ނަޝީދު

profile

މުޙައްމަދު ފަޟްލޫން - 20 މޭ 2026 - 15:31

ހެޔޮ ވެރިކަން ގެނައުމަށް ތިނަދޫ އަކީ އެންމެ ބުރަކޮށް މަސައްކަތްކުރި އެއްރަށް ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރޭ އެމްޑީޕީގެ ފަރާތުން ތިނަދޫ ސިޓީ އެމްޑީޕީގެ ސަޕޯޓަރުންނާއި އެކު މާލެ ސިޓީގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ހެޔޮ ބަދަލު ގެނައުމަށް ކުރި މަސައްކަތުގައި ތިނަދޫ އަކީ އެންމެ ބުރަ މަސައްކަތްތަކެއް ކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އަދި އެއީ އެމްޑީޕީގެ އެއްވެސް މެމްބަރަކު ދޮގު ކުރާނެ ވާހަކައެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި އެމްޑީޕީ އުފެދުމަށްފަހު، އެމްޑީޕީގެ ގިނަ މަސައްކަތްތައް ރާއްޖޭގައި އިސްނަގައިގެން ދިޔައީ ތިނަދޫގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެދުވަހު އެމްޑީޕީގައި ބުރަކޮށް މަސައްކަތް ކުރެއްވި އެތައް ބަޔަކު ދުނިޔެ ދޫކޮށް ގޮސްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހުވަދޫ ރައްޔިތުންނަކީ ހާއްސަކޮށް ތިނަދޫ ރައްޔިތުންނަކީ ބަދަލަކަށް ބޭނުންވާ ބައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެބަދަލަށް ރައްޔިތުން އެދެނީ އިންސާފާއި ތަނަވަސްކަމަށްޓަކައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން އެފްރިކާގެ އާކްރާގައި ގާނާގައި ހުންނަވަނިކޮށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އެތަނަށް ވަޑައިގެން އަލުން އެނބުރި ސިޔާސީ މަސައްކަތުގައި ބައިވެރިވާން އެދިވަޑައިގެންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފައްޔާޒް އާއި ރައީސް ނަޝީދު އެކުގައި ހަފްތާއެއް ގާނާގާއި ހޭދަކުރެއްވުމަށްފަހު ފައްޔާޒް އެނބުރި މާލެ ވަޑައިގެންނެވި ތަނުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ތިނަދޫ ސިޓީގެ މޭޔަރު ސަސްޕެންޑް ކުރި ހަބަރު ލިބިވަޑައިގެންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ތިނަދޫ މޭޔަރު ސަސްޕެންޑްކުރީ މާލޭގައި އޮތް މަރުކަޒީ ސަރުކާރުން ބޭނުންވާ ގޮތަށް ބޭނުންވާ މިންވަރަށް ބޭނުންވާ ކަންކަން ނުކުރާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk