logo

ރ މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

profile

މުޙައްމަދު ފަޟްލޫން - 20 މޭ 2026 - 13:49

ރ މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

https://wamco.com.mv/

ރ. މާކުރަތު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް މިހާރު ވަނީ ސައިޓަށް ގެންދެވިފައެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ މުޅި އަމަލީ މަސައްކަތުގެ 63 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށްދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 45،024 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 140 މީޓަރުގެ ބޭރުތޮށިލުމުގެ އިތުރުން 129 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ. މީގެ އިތުރުން، 85 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 28 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތުގެ އިތުރުން، ބަނދަރުގެ 641 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މިއީ ދިވެހި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 26.67 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk