
ކަނޑު ގަދަވެ މޫސުން ގޯސް ވެފައިވާ ދުވަހެއްގައި ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް!
މޫސުން ގޯސްވާތީ ސަމާލުވާން އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި!

ރިޟްވާން މޫސާ - 21 މޭ 2026 - 11:27
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.
ކަނޑު ދަތުރުކުރާ ފަރާތްތަކުގެ އިތުރުން، ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށް ވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން އެމްއެންޑީއެފްއިން ވަނީކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް ވެސް ވަނީ އިރުޝާދު ދެއްވާފައެވެ.
މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، މުދާތައް ރަނގަޅަށް ލައިސަންލާފައި (ބަަންދުކޮށްފައި) ބެހެއްޓުމަށް ކޯސްޓްގާޑުން ވަނީ ބާރުއަޅުއްވާފައެވެ. މީގެއިތުރުން، ދަތުރުކުރައްވާ ހުރިހާ ފަރާތްތަކުން ވެސް ލައިފްޖެކްޓް އެޅުއްވުމަށާއި، ސަލާމަތީ ކަންކަމަށް އިތުރަށް ސަމާލުވެލެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މި ފަހަކަށް އައިސް ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތައް ހިނގަމުން އަންނަ މިންވަރު އިތުވެފައިވާ ކަން ފާހަގަކުރެވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

މެދުއިރުމަތީގެ ހަނގުރާމައިގައި އެމެރިކާގެ 42 ވައިގެ އުޅަނދު ގެއްލިޖެ!
3 ގަޑިއިރު ކުރިން

އަނިޔާވެރި ނަތަންޔާހޫ ހައްޔަރުކުރަން ދެކުނު ކޮރެޔާ އިން ގޮވާލައިފި
4 ގަޑިއިރު ކުރިން
ކާމިޔާބު ކަމާއެކު ހުރިހައި ހައްޖުވެރިންވެސް ފުރުވާލެވިއްޖެ: އެމްއޭސީއެލް
2 ދުވަސް ކުރިން

މަސްވެރިންނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ދޫކޮށްފި
2 ދުވަސް ކުރިން


.gif&w=3840&q=75)