
އަނިޔާވެރި ނަތަންޔާހޫ ހައްޔަރުކުރަން ދެކުނު ކޮރެޔާ އިން ގޮވާލައިފި

ރިޟްވާން މޫސާ - 21 މޭ 2026 - 11:18
ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު، އައިސީސީއިން ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަަތަންޔާހޫ ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރާ އެއްގޮތަށް ދެކުނު ކޮރެޔާއިން ވެސް އޭނާ ހައްޔަރު ކުރަން ޖެހޭ ކަމަށް އެ ޤައުމުގެ ރައީސް ލީ ޖޭ މްޔަންގ ވިދާޅުވެއްޖެެއެވެ.
ނަތަންޔާހޫ އަކީ ފަލަސްތީނުގެ އެއްވެސް ކުށެއްނެތް މުސްލިމުން މަރައި ކުޑަކުދިންނާއި އަންހެނުން ރަހީނުކޮށް އެތަކެއް ގަތުލް އާންމު ތަކެއް މިހާރުވެސް ހިންގަމުން އަންނަ ނުލަފާ ޖައްބާރެކެވެ.
ވިލާތުގެ ގިނަ ގައުމުތަކުން ވެސް ވަނީ ނަތަންޔާހޫ މިހާރުން މިހާރަށް ހައްޔަރުކުރުމަށް ގޮވާލާފަ އެވެ.
ޔަހޫދީ ނަތަންޔާހޫ ވަނީ ފަލަސްތީނުގެ މުސްލިމުން ވުޖޫދުން ފުހެލުމަށް އިސްރާއީލާއެކު ހިންގާ ލާއިންސާނީ ޖަރީމާ ތަކުގައި މިހާތަނަށް އަދަދު ނުކުރެވޭހައި ގިނަ މުސްލިމުން ޝަހީދުކޮށްފަ އެވެ. އަދި މީގެ އިތުރުން ކެއިންބުއިމަށް ބޭނުންކުރާ ކާބޯތަކެއްޗާއި ބޯފެން ވެސް ލިބުނަ ނުދީ ދަތިކުރުމުގެ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކެއްް ވެސް އަޅަމުންދާ މީހެކެވެ.
ޔަހޫދީ އަސްކަރިއްޔާއިން ވަނީ ޞުމޫދް ފްލޮޓިއްލާގެ ދަށުން ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރި އުޅަނދުތަކަކަށް އަރައި، އެ އުޅަނދުތަކުގައި ތިބި 87 މީހުން ވަގަށް ނަގައިފައެވެ. ޞުމޫދް ފްލޮޓިއްލާގައި ހިމެނޭ 54 އުޅަނދު ޣައްޒާގެ މިސްރާބަށް ދަތުރުކުރަމުން ދަނިކޮށް، ޔަހޫދީ ފައުޖުން އެ އުޅަނދުތަކަށް ޙަމަލާދީ، ހިފަހައްޓާފައި ވަނީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުންނެވެ. އެ އުޅަނދުތަކުގައި ދެކުނު ކޮރެޔާގެ ރައްޔިތުން ވެސް ތިއްބެވެ.
އެ ހާދިޘާއާ ގުޅިގެން ދެކުނު ކޮރެޔާގެ ރައީސް ވަނީ ޔަހޫދީ އަސްކަރިއްޔާގެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ. ދެކުނު ކޮރެޔާގެ ވަޒީރުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ލީ ވަނީ ޔަހޫދީ އަސްކަރިއްޔާއިން ޞުމޫދު ފްލޮޓިއްލާގެ އުޅަނދުތައް އަތުލައިގެންފައި ވަނީ ޤާނޫނީ ގޮތުން ކޮން ބާރެއް ލިބިގެންތޯ ސުވާލުކުރައްވައިފައެވެ.
އަދި އެ އުޅަނދުތައް ހިފަހައްޓާފައި ވަނީ ޔަހޫދީ ކަނޑުގެ ސަރަޙައްދަށް ވަދެފައިވަނިކޮށްތޯ އާއި ފާހަގަކޮށްފައިވާ އެއްވެސް އިމެއް ހުރަސްކުރުމުންތޯ އޭނާ ވަނީ ސުވާލުކުރައްވައިފައެވެ.
ދެކުނު ކޮރެޔާ އިން ވަނީ އެ ޤައުމުތަކުގެ ސަރަޙައްދަށް ނަތަންޔާހޫ ވަދެއްޖެ ނަމަ އޭނާ ހައްޔަރު ކުރާނެ ކަމަށް އެ ޤައުމުތަކުން ބުނެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ދެކުނު ކޮރެޔާއިން ވެސް އެ ފަދަ ފިޔަވަޅެއް އެޅުމާ މެދު ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މެދުއިރުމަތީގެ ހަނގުރާމައިގައި އެމެރިކާގެ 42 ވައިގެ އުޅަނދު ގެއްލިޖެ!
3 ގަޑިއިރު ކުރިން

މޫސުން ގޯސްވާތީ ސަމާލުވާން އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި!
3 ގަޑިއިރު ކުރިން
ކާމިޔާބު ކަމާއެކު ހުރިހައި ހައްޖުވެރިންވެސް ފުރުވާލެވިއްޖެ: އެމްއޭސީއެލް
2 ދުވަސް ކުރިން

މަސްވެރިންނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ދޫކޮށްފި
2 ދުވަސް ކުރިން


.gif&w=3840&q=75)