ކާމިޔާބު ކަމާއެކު ހުރިހައި ހައްޖުވެރިންވެސް ފުރުވާލެވިއްޖެ: އެމްއޭސީއެލް

ރިޟްވާން މޫސާ - 19 މޭ 2026 - 17:51
1447 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސަޢުދީ އަރަބިއްޔާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ އެންމެހާ ޙައްޖާޖީން ފުރުވާލުމުގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް އިން ބުނެފި އެވެ.
އެމްއޭސީއެލް އިން ބުނީ މިހާ ފުރިހަމަ ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދެވިފައި ވަނީ އެ ކުންފުނީގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އިތުރުން ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ކުރެވުނު އިންތިޒާމު ރަނގަޅު މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
އެމްއޭސީއެލް އިން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޙައްޖާޖީން ފުރުމުގެ އިންތިޒާމުތަކުގެ އެންމެހާ ކަންކަން ކަށަވަރުކުރުމަށްޓަކައި އެމްއޭސީއެލްގެ
މެނޭޖްމަންޓާއި، ޕެސެންޖަރ ސަރވިސަސްގެ މުވައްޒަފުންނާއި، ޓަރމިނަލް ސަރވިސަސްގެ މުވައްޒަފުންނާއި، އެސްޓޭޓް ސެކިއުރިޓީ ސަރވިސަސްގެ މުވައްޒަފުންނާއި ޖުމްލަކޮށް އެމްއޭސީއެލްގެ ހީވާގި އެންމެހާ މުވައްޒަފުން ގުޅިގެން ފުރިހަމަ އަދި ތަރުތީބު ތައްޔާރީތަކެއް ހަމަޖައްސައިދެވުނުކަން ފާހަގަކޮށްފަ އެވެ.
އެކުންފުނިން ބުނީ މި ތައްޔާރީތަކުގެ ތެރޭގައި، ވޯޓަރ ފްރަންޓު އިމާރާތުގައި ޙައްޖާޖީންނަށް ހުކުރު ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމާއި، ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގައި ޙައްޖުވެރިންނާއި ޢާއިލާތަކަށް މަޑުކޮށްގެން ތިބުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ޙައްޖުވެރިންނަށް ބޭނުންވާނެ ފެން ފޯރުކޮށްދިނުމާއި، ވުޟޫކުރުމަށް ފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ކަމަށެވެ.
މި އަހަރު ރާއްޖެއިން ޙައްޖަށް ދަތުރުކުރާ ޙައްޖާޖީންނަށް ލުއިފަސޭހަ، އަދި ފުރިހަމަ ޚިދުމަތެއް ދިނުމަށް އެމްއޭސީއެލްގެ ފަރާތުން ކުރެވުނު އިންތިޒާމުތައް ކާމިޔާބުކޮށް ފުރިހަމަކުރުމަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްވެރިންނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ދޫކޮށްފި
14 ގަޑިއިރު ކުރިން

ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް އަދި ކާބޯތަކެތި ލިބޭނެ: ޒަމީރު
14 ގަޑިއިރު ކުރިން

ހަނގުރާމަ އާއި ގުޅިގެން ދޭދޭ ގައުމުތަކުގެ ގުޅުން ވަރުގަދަކޮށްފިން: އިރުތިޝާމް
14 ގަޑިއިރު ކުރިން

ގޮނޑުދޮށް ހިމާޔަތްކުރުމާއިބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލަނީ
21 ގަޑިއިރު ކުރިން


.gif&w=3840&q=75)