logo

ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް އަދި ކާބޯތަކެތި ލިބޭނެ: ޒަމީރު

profile

ރިޟްވާން މޫސާ - 19 މޭ 2026 - 14:05

މެދުއިރުމަތީގެ ހަނގުރާމަ އާޢި ގުޅިގެން މުޅި ދުނިޔެއަށް އޮތް ނުތަވަސްކަމެއްގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ނުރައްކާ ވި ކަމުގައިވިނަމަވެސް ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި އަދި ތެލާއި ގޭސް ހުއްޓުމުމެއްނެތި ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކުރިއަށްއޮތްތަނުގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

މެދުއިރުމަތީގެ ހާލަތާ ގުޅިގެން އެކުލަވައިލި ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ތެޔޮ އިމްޕޯޓް ކުރުމުގެ އިންތިޒާމުތަކާއި، އަސާސީ ކާބޯތަކެއްޗާއި ބޭސް، އަދި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފޮނުވަންޖެހޭ ފައިސާގެ ކަންކަން އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ ރިޒާވް ހަރުދަނާކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ތެލާއި ގޭހުގެސްޓޮކް މިހާރު ހުރި މިންވަރަށް ބަލާއިރު އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އިސްކަމަކީ އާންމު ރައްޔިތުންނަށް އުފުލަންޖެހޭ ބުރަ ކުޑަކުރުމަށްޓަކައި ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުން ކަމަށާއި، ވިޔަފާރިތަކަށްވެސް ގެއްލުން ނުވާނެ ފަދަ އުސޫލަކުން މިކަންކަން މިހާރު ރޭވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް ތެޔޮ ފޯރުކޮށްދިނުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމުގެ ޔަގީންކަން ދެއްވަމުން، ތެލުގެ އަގު އުފުލުނަ ނުދީ ހިފެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތެއް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހާލަތާ ގުޅިގެން އެކުލަވައިލި ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ތެޔޮ އިމްޕޯޓް ކުރުމުގެ އިންތިޒާމުތަކާއި، އަސާސީ ކާބޯތަކެއްޗާއި ބޭސް، އަދި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފޮނުވަންޖެހޭ ފައިސާގެ ކަންކަން އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ ރިޒާވް ހަރުދަނާކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ތެލާއި ގޭހުގެސްޓޮކް މިހާރު ހުރި މިންވަރަށް ބަލާއިރު އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އިސްކަމަކީ އާންމު ރައްޔިތުންނަށް އުފުލަންޖެހޭ ބުރަ ކުޑަކުރުމަށްޓަކައި ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުން ކަމަށާއި، ވިޔަފާރިތަކަށްވެސް ގެއްލުން ނުވާނެ ފަދަ އުސޫލަކުން މިކަންކަން މިހާރު ރޭވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk