
ހަނގުރާމަ އާއި ގުޅިގެން ދޭދޭ ގައުމުތަކުގެ ގުޅުން ވަރުގަދަކޮށްފިން: އިރުތިޝާމް

ރިޟްވާން މޫސާ - 19 މޭ 2026 - 14:05
މެދުއިރުމަތިޣެ ހަނގުރާމަ އާއި ގުޅިގެން ދޭދޭ ގައުމުތަކާއި މެދު އިތުރަށް ގުޅުން ބަދަހިކޮށްފައިވާ ކަމަށާއި، ރާއްޖެއަށް އެއްވެސް ދައްޗެއް ނެތް ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެހެން ޤައުމުތަކާ އެއްގޮތަށް ރާއްޖެއަށްވެސް ތަކެތި ގެނައުމުގައި ދަތިތަކާ ދިމާވާ ކަމަށެވެ.
އެހެންނަމަވެސް ކާބޯތަކެއްޗާއި، އަސާސީ ސާމާނު އަދި އެ ނޫންވެސް ތަކެތި ރާއްޖެއަށް ގެނައުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން އެކުވެރި ޤައުމުތަކާއެކު މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މަޤާމާ ޙަވާލުވެވަޑައިގެންނެވިފަހުން ޔޫރަޕުގެ ޤައުމުތަކާއި ޢަރަބި ޤައުމުތަކުގެ ސަފީރުންނާ ގުޅުއްވައި، އެ ޤައުމުތަކުން ރާއްޖެއަށް ފަހިކޮށްދެވެން ހުރި ފުރުސަތުތައް ބައްލަވަމުން ގެންދަވާ ކަަމަށެވެ. ނަމަވެސް މި މަސައްކަތް ކުރައްވަނީ، ސަރުކާރުން ގެންގުޅުއްވާ "މޯލްޑިވްސް ފަސްޓް" ޕޮލިސީއާ އެއްގޮތަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވަނީ ރާއްޖެއަށް ބޭނުންވާ އިމަޖެންސީ ތަކެތި ނުވަތަ ކޮންމެހެން ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ދޭދޭ ގައުމުތަކާއި ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންފަށާފައިވާ ކަމަށާއި، ހާޢްސަ ގޮތެއްގައި ގައުމުތަކުގެ އެހީތެރިކަން ލިބިގެންދާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
ކާމިޔާބު ކަމާއެކު ހުރިހައި ހައްޖުވެރިންވެސް ފުރުވާލެވިއްޖެ: އެމްއޭސީއެލް
10 ގަޑިއިރު ކުރިން

މަސްވެރިންނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ދޫކޮށްފި
14 ގަޑިއިރު ކުރިން

ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް އަދި ކާބޯތަކެތި ލިބޭނެ: ޒަމީރު
14 ގަޑިއިރު ކުރިން

ގޮނޑުދޮށް ހިމާޔަތްކުރުމާއިބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލަނީ
21 ގަޑިއިރު ކުރިން


.gif&w=3840&q=75)