logo

ގޮނޑުދޮށް ހިމާޔަތްކުރުމާއިބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލަނީ

profile

ރިޟްވާން މޫސާ - 19 މޭ 2026 - 06:35

ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތަކަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ގޮނޑުދޮށް ހިމާޔަތް ކުރުމަށް ގައުމީ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ތިމާވެއްޓާއިބެހޭ ވުޒާރާއިން ބުނީ މި މަސައްކަތުގެ ތެރެއިން މިވަގުތު 65 އިންސައްތަ މަސައްކަތް މިހާރު މުޅިން ނިމިފައިވާ ކަމަށެވެ.

ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރަށްތަކުގެ ގޮނޑުދޮށްތަކަށް އަންނަމުންދާ ބަދަލުތައް އެކަށީގެންވާ ގޮތެއްގައި ދެނެގަންނަން ޖެހޭ ކަމަށެވެ. ސަބަބަކީ އެކަން ދެނެގަނެވިގެން ނޫނީ އެކަމަށް ހައްލެއް ނުގެނެވޭނެތީ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެކަން މޮނިޓަރ ކުރުމަށް މޮނިޓަރ ޓޫލްއެއް ތައްޔާރުކޮށްފައިވާ ކަމަށާއި، އެ މޮނިޓަރިން ޓޫލް ބޭނުންކޮށްގެން 2015 ވަނަ އަހަރާއި 2023 ވަނަ އަހަރާއި ދެމެދު ރާއްޖޭގެ ރަށްތަކަށް އައިސްފައިވާ ބަދަލުތައް ދެނެގަނެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ކޯސްޓަލް ހެޒަޑް މެޕް ހެދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން 102 ރަށެއްގެ މަސައްކަތް ނިމިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި މެޕް ތައްޔާރު ކުރަނީ، ކައުންސިލްތަކުން އަންނަ ޝަކުވާތަކަށް ބަލައި އެކަން ދެނެގަނެގެންނެވެ. މި މެޕްގައި ރަށްތަކުގެ ގިރާ ސަރަހައްދުތަކާއި، ވޮޑޭ ސަރަހައްދުތަކާއި، އުދައަރާ ސަރަހައްދުތައް ދައްކުވައިދޭނެ ކަމަށްވެސް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ރަށްގިރުމުގެ މައްސަލައަކީ، ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. މިކަމަކީ ރަށްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށްވާއިރު މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ރަށު ފެންވަރުގަޔާއި، ޤައުމީ ފެންވަރުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވެސް ދަނީ، އެކި ސިޔާސަތުތައް އެކުލަވާލާ އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk