logo
ފޮރިން މިނިސްޓަރ ހަލީލް ވިއެޓްނާމްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ބުއި ތާން ސޮންއާ ބައްދަލުކުރެއްވުން / ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރ ހަލީލް ވިއެޓްނާމްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ބުއި ތާން ސޮންއާ ބައްދަލުކުރެއްވުން / ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެއާ ވިއެޓްނާމްއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވައިފި

profile

އައިޝަތު އިބްރާހިމް - 25 އޮކްޓޯބަރު 2025 - 04:40

ރާއްޖެއާ ވިއެޓްނާމްއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.

https://wamco.com.mv/

މި މަޝްވަރާތައް ކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޑރ. ހަލީލް ވިއެޓްނާމަށް ވަޑައިގެން އެގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ބުއި ތާން ސޮންއާ ބައްދަލުކުރައްވައެވެ.

މިނިސްޓްރީން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ރައްޔިތުންގެ ފައިދާއަށްޓަކައި ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.

View post on Twitter

ފޮރިން މިނިސްޓަރ ޑރ. ހަލީލް ވިއެޓްނާމަށް ވަޑައިގެންނެވީ ސައިބާ ކްރައިމާއި ދެކޮޅަށް ސުނައިޑެޓް ނޭޝަންސްގެ ގައުމުތަކުން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

މީގެ އިތުރުންވެސް ރާއްޖެއިން އިސްކަންދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން ވިއެޓްނާމް ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay